ކޮވިޑްވައްކަން: ޕީސީއާރު ޓެސްޓު ހެދުމުގައި ޓެކްސްއަށް މަކަރު ހެދި އިބޫ ސޯލިހުގެ ޅިޔަނު ލަތީފު އަދި އިކްލީލަށް ދައުވާ ކުރަން ފޮނުވައިފި

ކޮވިޑް-19 ގެ ދުވަސްވަރު ޕީސީއާރު ޓެސްޓު ހެދުމުގެ ހިދުމަތް ދިނުމުގައި ގަސްދުގައި ޓެކްސްއަށް މަކަރު ހަދާފައިވާ ކަމަށް ތުހުމަތުކޮށް, ދައުވާކުރަން ފޮނުވައިފިއެވެ.

މޯލްޑިވްސް އިންލެންޑް ރިވެނިއު އޮތޯރިޓީ (މީރާ)އިން މިއަދު ބުނީ, ކޮވިޑް ދުވަސްވަރު އެންމެ ފުޅާ ދާއިރާއެއްގައި ޕީސީއާރް ޓެސްޓިން ހިދުމަތް ދީފައިވަނީ ޕައިނިއާ މޯލްޑިވްސް އާއި އައިލެންޑް ހެލްތު ސޮލިއުޝަންސް ކުންފުނިން ކަމަށް ވީނަމަވެސް,  މީރާއަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި ޓެކްސް ނެގޭ އާމްދަނީ ބޮޑުތަނުން ދަށްކޮށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މިކަން މީރާއިން އިތުރަށް ބެލިބެލުމުން މީރާއިން ބެލިބެލުމުން ޓެކްސް އަހަރު 2020، 2021 އަދި 2022ވަނަ އަހަރުގައި، ޕީސީއާރް ޓެސްޓިންގެ އިތުރުން އައިލެންޑް ހެލްތް ސޮލިއުޝަންސްގެ ދަށުން ހިންގަމުންގެންދާ “ޕާލް މެޑިކަލް ސެންޓަރު” ކްލިނިކު މެދުވެރިކޮށް އެހެނިހެން ހިދުމަތްތައް ފޯރުކޮށްދީފައިވާ ކަން ފާހަގަވެފައިވާ ކަމަށް ބުނެފައިވެއެވެ.

އެހެންނަމަވެސް, އާމްދަނީ ފުރިހަމައަށް ރިޕޯޓުކޮށްފައިނުވާއިރު, އެ ހިދުމަތުން ލި ބިފައިވާ އެންމެހައި އާމްދަނީ މީރާއަށް ހުށަހަޅައިފައިވާ މާލީ ހިސާބުތައް އަދި އިންކަމް ޓެކްސް ބަޔާންތަކުގައި ހިމަނައިފައިނުވާ ކަމަށެވެ. މީރާއިން ބެލި ބެލުމުން އައިލެންޑް ހެލްތް ސޮލިއުޝަންސްގެ މައްޗަށް ޖުމުލަ 4.3 މިލިއަން ރުފިޔާ އަދި ޕައިނިއާ މޯލްޑިވްސްގެ މައްޗަށް 23.7 މިލިއަން ރުފިޔާ އިތުރަށް ދައްކަންޖެހޭ ޓެކުހުގެ ގޮތުގައި ކަނޑައަޅައި ދައްކަން އެންގިނަމަވެސް ދައްކާފައިނުވާ ކަމަށް ބުނެފައިވެއެވެ.

އެހެންކަމުން އެ ދެ ކުންފުނީގެ ވެސް ޑިރެކްޓަރެއް ކަމަށްވާ ޑރ. އިކްލީލް ޝަރީފް އަދި އައިލެންޑް ހެލްތް ސޮލިއުޝަންސްގެ ޑިރެކްޓަރެއް ކަމަށްވާ ޑރ. އަލީ އަބްދުالله ލަތީފުގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް މީރާއިން ބުނެފައިވެއެވެ.