އެއް ޖިންސުން ގުޅުން ހިންގުމާއި ބިރަކާއި ނުލާ މަޖާކުރާ ބަޔަކަށް އެމްޑީޕީ އަނެއްކާ ހަވާލުކުރަން ހެޔޮވާނެތަ؟
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު މިވަނީ ބޯމަތިވެފައެވެ. ޖުމްލަ ތިން ކެންޑިޑޭޓަކު ވާދަކުރާއިރު އެންމެ ވާދަވެރި ދެ ކެންޑިޑޭޓުންނަކީ މީކާއިލް ނަސީމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

އެ ދެ ބޭފުޅުންވެސް އެ ބޭފުޅުންގެ ގޮތުގައި ކެމްޕެއިން ކުރައްވާއިރު، ނަޝީދުގެ މާޒީއާއި އާއިލީ ގުޅުންތަކަށް ނަޒަރު ހިންގާލުން މުހިންމެވެ. ނަޝީދުގެ ކޮއްކޮ ނާޒިމް ނައްތާރަކީ އެއް ޖިންސުން ގުޅުން ހިންގިކަން ސާބިތުވެފައިވާ މީހެކެވެ. އެއް ޖިންސުން ބަންގްލަދޭޝްގެ އަލަމްގީރްއާއެކު ގުޅުން ހިންގާ ވީޑިއޯވެސް އާއްމުވެ ފަހީހަތްވެފައިވާ މީހެކެވެ. ދެން ހުރީ ޝަހިންދާ އިސްމާއީލެވެ. އޭނާއަކީ ލާދީނީ އެމްޑީއެން ރިޕޯޓުގެ މައްސަލަގެ ތުހުމަތުކުރެވޭ އިސް ފަރާތެވެ. ބަނގުރަލާއި މިވެރިން ކިތަންމެވެސް ދޯޅެވެ. އެހެންވެ، މި ފަދަ ބަޔަކާއި އެމްޑީޕީ ހަވާލުކުރުމަކީ ހެޔޮވާވަރު ކަމެއް ނޫނެވެ. ރާއްޖޭގައި ލާދީނިއްޔަތު ފެތުރުން ނޫންކަމެއް އެެވެރިން ނުކުރާނެއެވެ.