ރާއްޖޭގައި ލާދީނީ އެޖެންޑާ ފެތުރި ކެރަފާ ނަޝީދު އަދި ދިވެހިރާއްޖެ 200 ބިލިއަނުން ދަރުވާލި ޗޯރު އިބުރާހިމް ސޯލިހާ އެކު ޑީލެއް ހަދައި، އެމްޑީޕީގެ “ރޫޅާލި ކެޔޮގަނޑު” ރާވަން ފަށައިފިއެވެ. މިކަމާ ގުޅިގެން ވަނީ ކެރަފާ ނަޝީދާއި ޗޯރު އިބޫ ބައްދަލުކޮށްފައެވެ.
މިކަމާ ގުޅިގެން ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެމުން ރައީސް ޗޯރު އިބޫ ބުނީ އޭނާ ނަޝީދުއާއެކު ޕާޓީގެ ކަންތައްތައް ހަމަޔަކަށް އެޅުވުމަށް މަޝްވަރާކޮށް، އަދި އެކުގައި ކުރެވެން ހުރި މަސައްކަތްތަކާ ބެހޭގޮތުން ވާހަކަ ދައްކާނެކަމަށެވެ.
ސިޔާސީ ތާރީޚަށް ބަލާއިރު، 2013 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ކެރަފާ ނަޝީދަށް ވާދަ ނުކުރެވުމުން، އެމްޑީޕީގެ ޓިކެޓު ޗޯރު ސޯލިހުއަށް “ތަބަކަކަށްލާފައި” އަރުވާފައިވެއެވެ. ނަމަވެސް ޗޯރު ސޯލިހު ވެރިކަމަށް އެރިގޮތަށް ކެރަފާ ނަޝީދު އެކަހެރިކޮށް، އެމްޑީޕީގެ ކޮންޓްރޯލް އެ ވަގު ކަލޭ މުށުތެރެއަށް ލީ ކަމަށް އެމްޑީޕީ ގިނަ ބަޔަކު ބުނެއެވެ.އެމްޑީޕީގެ ސަރުކާރުގައި، 2021 ވަނަ އަހަރު މެއި މަހުގެ 6 ވަނަ ދުވަހު ކެރަފާ ނަޝީދު ގެ ފުރާނަ ދުއްވާލާފަދަ ބޮމުގެ ހަމަލާއެއް ދިނުމަކީ، އެ ދެ ވަގުންގެ ދެމެދުގައި ހިޔާލު ތަފާތުވުންތައް އިތުރަށް ބޮޑުވެ، އެމްޑީޕީ ތެރޭގައި ބައިބައިވުން އުފެދުނު އެއް ސަބަބެވެ. މި ހަމަލާގެ ސަބަބުން ކެރަފާ ނަޝީދަށް ތާއީދުކުރާ ގިނަ ބަޔަކު އެމްޑީޕީން ވަކިވެ، “ދަ ޑިމޮކްރެޓްސް” ނަމުގައި ސިޔާސީ ޕާޓީއެއް ވަނީ އުފައްދާފައެވެ.
މިފަދަ ދިގު ތާރީޚެއްގެ ފަހުން މިހާރު މި ބައްދަލުވުން ބާއްވާފައިވާއިރު، ބައެއް ފަރާތްތަކުން ބުނަނީ ޗޯރު އިބޫ އާއި އެމްޑީޕީން ކެރަފާ ނަޝީދަށް ކުރި އަނިޔާ މިއަދު ކެރަފާ ނަޝީދު ހަނދާން ނެތުނަސް، ކެރަފާ ނަޝީދާއެކު އެންމެ ކައިރިން މަސައްކަތް ކުރި މީހުންނަށް އެކަން ހަނދާނުން ނުފިލާނެ ކަމަށެވެ.
މިދެމީހުން ހީކުރަނީ ދިވެހިންނަކީ ގަމާރުންކަމަށް ހެއްޔެވެ؟ ދެމީހުން އެކަކު އަނެކަކަށް ނުކުރާ ތުހުމަތެއް ނުގޮވާ ހަޔާތެއް ނެތެވެ؟އަނެއްކާވެސް އަންބޮނޑި ބޮޑުކުރަން އެއްދާންކުރަންވީމާ ކެޔޮގަނޑުގެ ފޫވަށް ތަތްކުރަންވީހެއްޔެވެ؟ އަޅެ ކަލޭމެންގެ ހަމަ ލަދުހަޔާތެއްވެސް ނެތީހެއްޔެވެ؟