އިންޑިއާގެ ޖައްމު އާއި ސްރީނަގަރް ހައިވޭގެ ބިންގަނޑު ކަނޑައިގެން ގޮސްފި

ބޯކޮށް ވާރޭވެހި އިންޑިއާގެ ޖައްމުއާއި ސްރީނަގަރް ހައިވޭގެ ބިންގަނޑު ކަނޑައިގެން ގޮސްފި އެވެ. އިންޑިއާގެ ނޫސްތަކުން ބުނީ ކަޝްމީރަށް ދާން އޮންނަ ހަމައެކަނި މަގުގެ އެކި ސަރަހައްދުތަކުން ބިންގަނޑު ކަނޑައިގެން ގޮސްފައިވާ ކަމަށާއި އަދި ބައެއް އެހެން ޑިސްޓްރިކްޓުތަކުގައި ވެސް ބިންގަނޑު ކަނޑައިގެންދިޔުމުގެ ހާދިސާތައް ހިނގާފައިވާ ކަމަށެވެ. ބިންގަނޑު ކަނޑައިގެން ދިޔަ ހައިވޭގެ އާންމު ހާލަތަކަށް ގެނައުމުގެ މަސައްކަތަށް ހުރަހަކަށް ވެސް ވެފައި ވަނީ ބޯކޮށް ވެހެމުންދާ ވާރޭ އެވެ. ފެންބޮޑުވުމުގެ ސަބަބުން ބައެއް ޑިސްޓްރިކްޓްތަކުގެ މަގުތައް […]

ދުނިޔޭގެ އެންމެ ބޮޑު އެއާޕޯޓު ޓާމިނަލް ދުބާއީގައި ތަރައްގީކުރަނީ

ދުނިޔޭގެ އެންމެ ބޮޑު އެއާޕޯޓު ޓާމިނަލް ޔޫއޭއީގެ ދުބާއީގައި ތަރައްގީ ކުރަން ނިންމާފައިވާކަން ދުބާއީގެ ވެރިޔާ ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމް އިއުލާން ކުރައްވައިފި އެވެ. ޝައިހް މުހައްމަދު “އެކްސް” ގައި ލިއުއްވި ލިއުމެއްގައި ވިދާޅުވީ އަލް މަހްތޫމް އިންޓަނޭޝަނަލް އެއާޕޯޓުގައި 35 ބިލިއަން ޑޮލަރު ހަރަދުކޮށްގެން ދުނިޔޭގެ އެންމެ ބޮޑު އެއާޕޯޓު ޓާމިނަލް ތަރައްގީކުރަން ނިންމާފައިވާ ކަމަށެވެ. އެ އެއާޕޯޓު ތަރައްގީކޮށް ނިމޭއިރު އެ އެއާޕޯޓު ދުބާއީ އެއާޕޯޓަށްވުރެ ފަސް ގުނަ ބޮޑުވާނެ […]

އިންޑިއާ ދަތުރު ކެންސަލްކޮށް، އިލޮން މަސްކު ޗައިނާއަށް

ޓެސްލާގެ ސީއީއޯ އަދި ބިލިއަނަރު އިލޮން މަސްކު އިންޑިއާ އަށް ދިޔުމަށް ރާވާފައި ދަތުރު ކެންސަލްކޮށް، ޗައިނާއަށް ގޮސްފި އެވެ. މަސްކު އިންޑިއާއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރު މިދިޔަ ހަފްތާގައި ކެންސަލް ކޮށްފައި ވާއިރު، އޭނާ ޗައިނާއަށް ގޮސްފައި ވަނީ އިއްޔެ އެވެ. މަސްކު އިންޑިއާއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކޮށް، އިންޑިއާ މާކެޓަށް ޓެސްލާ ނެރޭނެކަން އިއުލާން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މަސްކު މިހާރު ޗައިނާއަށް ގޮސްފައި […]

އިންޑިއާގެ 527 އުފެއްދުމަކުން ކެންސަރަކަށް މަގުފަހިވާ ކެމިކަލް ފެނިއްޖެ

އިންޑިއާގެ ކާބޯތަކެތީގެ 527 އުފެއްދުމަކުން ކެންސަރަށް މަގުފަހިވާ ކެމިކަލް ފެނިއްޖެ އެވެ. ޔޫރަޕިއަން ޔޫނިއަން (އީޔޫ) ފުޑް ސެކިއުރިޓީ އޮތޯރިޓީއިން ބުނީ ކެންސަރަށް މަގުފަހިވާ ކެމިކަލް ފެނިފައިވަނީ އިންޑިއާއިން އުފައްދާ ހަވާދުތަކުން ކަމަށާއި އޭގެ ތެރޭގައި އެމްޑީއެޗް އަދި އެވަރެސްޓް ބްރޭންޑްގެ ސްޕައިސްތައް ހިމެނޭ ކަމަށެވެ. އެ ދެ ބްރޭންޑުގެ ހަވާދު ހޮންކޮންގް އަދި ސިންގަޕޫރުގައި ވިއްކުން މިހާރު ވަނީ މަނާ ކޮށްފަ އެވެ. އަދި ރާއްޖޭގައި މި އުފެއްދުން ބޭނުން ކުރުމާއި އެތެރެކުރުން ވެސް ވަނީ […]

އިންޑިއާ އިންތިހާބު: ދެވަނަ ފޭހުގައި 88 ގޮނޑިއަކަށް މެމްބަރުން ހޮވަން ވޯޓުލައި ނިންމައިފި

އިންޑިއާގެ އާންމު އިންތިހާބުގައި ދެވަނަ ފޭސްގައި 88 ގޮނޑިއަކަށް މެމްބަރުން ހޮވަން ވޯޓުލައި ނިންމައިފި އެވެ. ދެވަނަ ފޭސްގައި 13 ސްޓޭޓެއްގައި ވޯޓުލީއިރު ވޯޓުލީ މީހުންގެ ނިސްބަތް ބައެއް ސްޓޭޓުތަކުގައި ގިނައިރު އެހެން ސްޓޭޓުތަކުގައި ވޯޓުލީ މިހުންގެ އަދަދު މަދެވެ. މިގޮތުން ވޯޓުލީ ސްޓޭޓުތަކުގެ ތެރެއިން އެންމެ ގިނައިން ވޯޓުލާފައި ވަނީ 78.53 ޕަސަންޓާއެކު ޓްރިޕޫރާއަށް ކަމަށްވާއިރު، އެންމެ މަދުން ވޯޓުލާފައި ވަނީ 53.71 ޕަސަންޓާއެކު އުއްތަރު ޕްރަދޭޝް އަށެވެ. އިންތިހާބުގެ ފުރަތަމަ ފޭސްއެކޭ އެއްގޮތަށް ދެވަނަ […]

ބޭންކް އޮފް ސިންގަޕޫރުން ނާޖާއިޒު ފައިދާ ނެގި މުވައްޒަފުންތަކެއް ވަކިކޮށްފި

ބޭންކް އޮފް ސިންގަޕޫރުން ނާޖާއިޒު ފައިދާ ނެގި މުވައްޒަފުންތަކެއް ވަކިކޮށްފި އެވެ. އެ ބޭންކުން އެތެރޭގައި ހިންގި ތަހުގީގަކަށް ފަހު މުވައްޒަފުންތަކެއް ވަކިކުރީ މެޑިކަލް ބެނިފިޓު ނާޖާއިޒު ގޮތުގައި ބޭނުން ކޮށްފައިވާކަން އެނގިގެންނެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ މައްސަލައާ ގުޅިގެން މިހާތަނަށް 100 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ވަކިކޮށްފަ އެވެ. މައްސަލައާ ގުޅިގެން ނާޖާއިޒު ގޮތުގައި ހޯދި ފައިސާ އަނބުރާ ދެއްކުމަށް ވެސް އެ މުވައްޒަފުންނަށް އަންގާފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ބޭންކް […]

އިންޑިއާގައި ވަޓްސްއެޕްގެ ހިދުމަތް ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު ދީފި

އިންޑިއާގައި ވަޓްސްއެޕްގެ ހިދުމަތް ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު އެ ޕްލެޓްފޯމާއި ފޭސްބުކް ހިންގާ މައި ކުންފުނި “މެޓަ” އިން ދީފި އެވެ. މެޓައިން ބުނީ ވަޓްސެޕް ޕްލެޓްފޯމުގެ މެސެޖު އިންކްރިޕްޝަން ހުއްޓާލަން އިންޑިއާއިން އަންގާނަމަ، އެ ގައުމުގައި އެޕް ބޭނުން ކުރުން ހުއްޓާލާނެ ކަމަށެވެ. އެންޑް-ޓު-އެންޑް އިންކްރިޕްޝަންއަކީ ވަޓްސްއެޕް ބޭނުންކުރާ ފަރާތްތަކުގެ މެސެޖުތައް ރައްކާތެރި ކުރުމަށް ހުންނަ ފީޗާއެއް ކަމަށާއި އެ ފީޗާ އިންޑިއާއިން އެދުނަސް ކަނޑާ ނުލެވޭނެ ކަމަށެވެ. ވަޓްސްއެޕް ގިނަ މީހުން ބޭނުންކުރަނީ […]