އިންޑިއާގެ ޖައްމު އާއި ސްރީނަގަރް ހައިވޭގެ ބިންގަނޑު ކަނޑައިގެން ގޮސްފި

ބޯކޮށް ވާރޭވެހި އިންޑިއާގެ ޖައްމުއާއި ސްރީނަގަރް ހައިވޭގެ ބިންގަނޑު ކަނޑައިގެން ގޮސްފި އެވެ. އިންޑިއާގެ ނޫސްތަކުން ބުނީ ކަޝްމީރަށް ދާން އޮންނަ ހަމައެކަނި މަގުގެ އެކި ސަރަހައްދުތަކުން ބިންގަނޑު ކަނޑައިގެން ގޮސްފައިވާ ކަމަށާއި އަދި ބައެއް އެހެން ޑިސްޓްރިކްޓުތަކުގައި ވެސް ބިންގަނޑު ކަނޑައިގެންދިޔުމުގެ ހާދިސާތައް ހިނގާފައިވާ ކަމަށެވެ. ބިންގަނޑު ކަނޑައިގެން ދިޔަ ހައިވޭގެ އާންމު ހާލަތަކަށް ގެނައުމުގެ މަސައްކަތަށް ހުރަހަކަށް ވެސް ވެފައި ވަނީ ބޯކޮށް ވެހެމުންދާ ވާރޭ އެވެ. ފެންބޮޑުވުމުގެ ސަބަބުން ބައެއް ޑިސްޓްރިކްޓްތަކުގެ މަގުތައް […]

އިންޑިއާ ދަތުރު ކެންސަލްކޮށް، އިލޮން މަސްކު ޗައިނާއަށް

ޓެސްލާގެ ސީއީއޯ އަދި ބިލިއަނަރު އިލޮން މަސްކު އިންޑިއާ އަށް ދިޔުމަށް ރާވާފައި ދަތުރު ކެންސަލްކޮށް، ޗައިނާއަށް ގޮސްފި އެވެ. މަސްކު އިންޑިއާއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރު މިދިޔަ ހަފްތާގައި ކެންސަލް ކޮށްފައި ވާއިރު، އޭނާ ޗައިނާއަށް ގޮސްފައި ވަނީ އިއްޔެ އެވެ. މަސްކު އިންޑިއާއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކޮށް، އިންޑިއާ މާކެޓަށް ޓެސްލާ ނެރޭނެކަން އިއުލާން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މަސްކު މިހާރު ޗައިނާއަށް ގޮސްފައި […]

އިންޑިއާގެ 527 އުފެއްދުމަކުން ކެންސަރަކަށް މަގުފަހިވާ ކެމިކަލް ފެނިއްޖެ

އިންޑިއާގެ ކާބޯތަކެތީގެ 527 އުފެއްދުމަކުން ކެންސަރަށް މަގުފަހިވާ ކެމިކަލް ފެނިއްޖެ އެވެ. ޔޫރަޕިއަން ޔޫނިއަން (އީޔޫ) ފުޑް ސެކިއުރިޓީ އޮތޯރިޓީއިން ބުނީ ކެންސަރަށް މަގުފަހިވާ ކެމިކަލް ފެނިފައިވަނީ އިންޑިއާއިން އުފައްދާ ހަވާދުތަކުން ކަމަށާއި އޭގެ ތެރޭގައި އެމްޑީއެޗް އަދި އެވަރެސްޓް ބްރޭންޑްގެ ސްޕައިސްތައް ހިމެނޭ ކަމަށެވެ. އެ ދެ ބްރޭންޑުގެ ހަވާދު ހޮންކޮންގް އަދި ސިންގަޕޫރުގައި ވިއްކުން މިހާރު ވަނީ މަނާ ކޮށްފަ އެވެ. އަދި ރާއްޖޭގައި މި އުފެއްދުން ބޭނުން ކުރުމާއި އެތެރެކުރުން ވެސް ވަނީ […]

އިންޑިއާ އިންތިހާބު: ދެވަނަ ފޭހުގައި 88 ގޮނޑިއަކަށް މެމްބަރުން ހޮވަން ވޯޓުލައި ނިންމައިފި

އިންޑިއާގެ އާންމު އިންތިހާބުގައި ދެވަނަ ފޭސްގައި 88 ގޮނޑިއަކަށް މެމްބަރުން ހޮވަން ވޯޓުލައި ނިންމައިފި އެވެ. ދެވަނަ ފޭސްގައި 13 ސްޓޭޓެއްގައި ވޯޓުލީއިރު ވޯޓުލީ މީހުންގެ ނިސްބަތް ބައެއް ސްޓޭޓުތަކުގައި ގިނައިރު އެހެން ސްޓޭޓުތަކުގައި ވޯޓުލީ މިހުންގެ އަދަދު މަދެވެ. މިގޮތުން ވޯޓުލީ ސްޓޭޓުތަކުގެ ތެރެއިން އެންމެ ގިނައިން ވޯޓުލާފައި ވަނީ 78.53 ޕަސަންޓާއެކު ޓްރިޕޫރާއަށް ކަމަށްވާއިރު، އެންމެ މަދުން ވޯޓުލާފައި ވަނީ 53.71 ޕަސަންޓާއެކު އުއްތަރު ޕްރަދޭޝް އަށެވެ. އިންތިހާބުގެ ފުރަތަމަ ފޭސްއެކޭ އެއްގޮތަށް ދެވަނަ […]

އިންޑިއާގައި ވަޓްސްއެޕްގެ ހިދުމަތް ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު ދީފި

އިންޑިއާގައި ވަޓްސްއެޕްގެ ހިދުމަތް ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު އެ ޕްލެޓްފޯމާއި ފޭސްބުކް ހިންގާ މައި ކުންފުނި “މެޓަ” އިން ދީފި އެވެ. މެޓައިން ބުނީ ވަޓްސެޕް ޕްލެޓްފޯމުގެ މެސެޖު އިންކްރިޕްޝަން ހުއްޓާލަން އިންޑިއާއިން އަންގާނަމަ، އެ ގައުމުގައި އެޕް ބޭނުން ކުރުން ހުއްޓާލާނެ ކަމަށެވެ. އެންޑް-ޓު-އެންޑް އިންކްރިޕްޝަންއަކީ ވަޓްސްއެޕް ބޭނުންކުރާ ފަރާތްތަކުގެ މެސެޖުތައް ރައްކާތެރި ކުރުމަށް ހުންނަ ފީޗާއެއް ކަމަށާއި އެ ފީޗާ އިންޑިއާއިން އެދުނަސް ކަނޑާ ނުލެވޭނެ ކަމަށެވެ. ވަޓްސްއެޕް ގިނަ މީހުން ބޭނުންކުރަނީ […]

އިންޑިއާ ހަވާދުގެ ދެ ބްރޭންޑެއް ރާއްޖޭގައި މަނާކޮށްފި

އިންޑިއާގެ ހަވާދުގެ ދެ ބްރޭންޑަކުން ކެމިކަލް މާއްދާއެއް ފެނުމުން ރާއްޖޭގައި އެ ބްރޭންޑްތަކުގެ ބައެއް ބާވަތްތައް އެތެރެކުރުމާއި ވިއްކުން ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފި އެވެ. މަނާކުރީ “އެވަރެސްޓް” އާއި “އެމްޑީއެޗް” ގެ ބްރޭންޑުގެ ބައެއް ހަވާދެވެ. އެމްޑީއެޗް އަދި އެވަރެސްޓް ބްރޭންޑުގެ ހަވާދަކީ އިންޑިއާގައި އެންމެ މަގުބޫލު ހަވާދުތަކުގެ ތެރޭގައި ހިމެނޭ ދެ ބްރޭންޑެވެ. އެމްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ދެ ބްރޭންޑްގެ ހަވާދުގެ ބައެއް ބާވަތްތަކުގައި […]