އިންޑިއާގައި ވަޓްސްއެޕްގެ ހިދުމަތް ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު ދީފި

އިންޑިއާގައި ވަޓްސްއެޕްގެ ހިދުމަތް ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު އެ ޕްލެޓްފޯމާއި ފޭސްބުކް ހިންގާ މައި ކުންފުނި “މެޓަ” އިން ދީފި އެވެ. މެޓައިން ބުނީ ވަޓްސެޕް ޕްލެޓްފޯމުގެ މެސެޖު އިންކްރިޕްޝަން ހުއްޓާލަން އިންޑިއާއިން އަންގާނަމަ، އެ ގައުމުގައި އެޕް ބޭނުން ކުރުން ހުއްޓާލާނެ ކަމަށެވެ. އެންޑް-ޓު-އެންޑް އިންކްރިޕްޝަންއަކީ ވަޓްސްއެޕް ބޭނުންކުރާ ފަރާތްތަކުގެ މެސެޖުތައް ރައްކާތެރި ކުރުމަށް ހުންނަ ފީޗާއެއް ކަމަށާއި އެ ފީޗާ އިންޑިއާއިން އެދުނަސް ކަނޑާ ނުލެވޭނެ ކަމަށެވެ. ވަޓްސްއެޕް ގިނަ މީހުން ބޭނުންކުރަނީ […]