ސަރުކާރުގެ އުއްމީދީ މަސައްކަތްތަކާއެކު ދިވެހި މަސައްކަތްތެރީންނަށް އޮތީ އުޖާލާ ކުރިމަގެއް: ރައީސް

ދައުލަތުން މަސައްކަތްތެރިންނަށް ނުދައްކާހުރި ފައިސާ ދެއްކުމުގެ މަސައްކަތް ދަނީ ކުރަމުން ސަރުކާރަށް ޚިދުމަތް ކުރުމުގެ އުމުރު 75 އަހަރަށް ބަދަލުކުރައްވާނެ ކަމަށް ވިދާޅުވި އިގްތިސާދީ މަސައްކަތްތައް ފުޅާކޮށް އައު ދާއިރާތަކުން މަސައްކަތްތައް ތައާރަފު ކުރައްވާނެ ކަމަށް ވިދާޅުވި ސަރުކާރުން ފަށާފައިވާ އުއްމީދީ މަސައްކަތްތަކާއެކު ދިވެހި މަސައްކަތްތެރީންނަށް އޮތީ އުޖާލާ ކުރިމަގެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ މަސައްކަތްތެރީންގެ ދުވަހާ ގުޅިގެން ދެއްވި ޚިޠާބުގައެވެ. ރައީސް ވިދާޅުވީ ޤައުމުގެ ތަރައްގީއާއި ކުރިއެރުމުގައި […]
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ޗެއާޕާސަނަކަށް ޖިހާދު އައްޔަންކޮށްފި

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ ގަވަނިން ބޯޑަށް މެންބަރުން އައްޔަންކޮށް، އެ ބޯޑުގެ ޗެއާޕާސަނަކަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު އައްޔަންކޮށްފި އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ އިދާރާގެ ޗެއާޕާސަނަކަށް ޖިހާދު އައްޔަންކުރެއްވިކަން ހާމަކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގަ އެވެ. ސައީދުގެ ޕޯސްޓުގައި އޭނާ ވަނީ ޖިހާދަށް މަރުހަބާ ދަންނަވާ، ޖިހާދާއެކު ކުރެވޭ މަސައްކަތުން މާލީ ދާއިރާއަށް ރައީސް މުއިއްޒު ގެންގުޅުއްވާ ސިޔާސަތުތައް […]
އިންޑިއާ ހަވާދުގެ ދެ ބްރޭންޑެއް ރާއްޖޭގައި މަނާކޮށްފި

އިންޑިއާގެ ހަވާދުގެ ދެ ބްރޭންޑަކުން ކެމިކަލް މާއްދާއެއް ފެނުމުން ރާއްޖޭގައި އެ ބްރޭންޑްތަކުގެ ބައެއް ބާވަތްތައް އެތެރެކުރުމާއި ވިއްކުން ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފި އެވެ. މަނާކުރީ “އެވަރެސްޓް” އާއި “އެމްޑީއެޗް” ގެ ބްރޭންޑުގެ ބައެއް ހަވާދެވެ. އެމްޑީއެޗް އަދި އެވަރެސްޓް ބްރޭންޑުގެ ހަވާދަކީ އިންޑިއާގައި އެންމެ މަގުބޫލު ހަވާދުތަކުގެ ތެރޭގައި ހިމެނޭ ދެ ބްރޭންޑެވެ. އެމްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ދެ ބްރޭންޑްގެ ހަވާދުގެ ބައެއް ބާވަތްތަކުގައި […]