މަދު ފައިސާކޮޅަކަށް ގައުމުގެ ހަމަޖެހުން ނަގާލުމަށް ނޫސްވެރިކަމޭ ނުކިޔޭނެ!

ތަފާތު ނަންނަމުގައި ލިބިގެންދިޔަ މިނިވަންކަމާއިއެކު އެ މިނިވަންކަމުގެ ނާޖައިޒް ފައިދާ ނަގައިގެން، ގައުމުގެ ހަމަޖެހުން ނަގާލަން ތަފާތު ގޮތްގޮތަށް ކުރެވެމުން އަންނަ މަސައްކަތްތައް ދުވަހަކަށްވުރެ ދުވަހެއް ލޯމައްޗަށް ފާޅުވެ މިހިރަ އަންނަނީ ފެންނަމުންނެވެ. ގައުމަށް ޑިމޮކްރަސީ ތައާރަފްވުމަށް ފަހު މިކުޅިގަނޑު ވަނީ އިތުރަށް ބޮޑުވެގެން ގޮސްފައެވެ. އެތެރޭންނާއި ބޭރުން މާލީ މަންފާ ނަގައިގެން މަދު ފައިސާކޮޅަށް ގައުމުގެ ހަމަޖެހުން ނަގާލައި ރައްޔިތުން އިންތިހާބު ކޮށްފައިވާ ސަރުކާރުގެ އަގުވައްޓާލުމުގެ ފިނޑި އަމަލު ފާޅުވެ މިއަދު ވެސް މިހުރީ ފެންނާށެވެ. […]

ރައީސް މުޢިއްޒުގެ އެދިލެއްވުމާ އެއްގޮތަށް އދ .ގެ އާންމު މަޖްލީހުގައި ފަލަސްތީނުގެ ޙައްޤުގަ ދިވެހިރާއްޖެއިން ވަރުގަދަ ގޮވާލެއްވުމެއް!

ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެދިލެއްވުމާ އެއްގޮތަށް އދ .ގެ އާންމު މަޖްލީހުގައި ފަލަސްތީނުގެ ޙައްޤުގަ ދިވެހިރާއްޖެއިން އަޑު އުފުލައިފިއެވެ. މި ޖަލްސާގައި ދިވެހިރާއްޖޭގެ ފަރާތުން ފަލަސްތީނުގެ ދިފާއުގައި އަޑު އުފުލެވީ ހައުސިންގ މިނިސްޓަ ޑރ. އަލީ ހައިދަރު އެވެ. ޔަހޫދީ ޒަޔަނިސްޓުން ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ހިންގާ ލާއިންސާނީ ޖަރީމާތައް ހުއްޓުވައި، ފަލަސްތީނަށް އިންސާފު ނުލިބެނީ އެންމެ ވޯޓަކާ ހުރެ ކަމަށް ވުމުން، ވީޓޯ ކުރުމުގެ ބާރު އުވާލުމަށް ރާއްޖެއިން ވަނީ ގޮވާލައްވާފައެވެ. […]

ކަންބޮޑުވުން އިތުރުވާނަމަ ސަޖިދަކުރުން އިތުރު ކުރޭ!

ކިތަންމެ ބުރަކޮށް މަސައްކަތްކުރި ނަމަވެސް ނަމާދު ނާޅާށެވެ! ކޮންމެ ނަމާދެއް ކުރުމަށްވެސް އެކަށީގެންވާ ވަގުތު ވަނީ ދެއްވަވައިފައެވެ. އެ ވަގުތުގެ ތެރޭގައި ނަމާދުކުރަން ޖެހޭނެ އެވެ. ނަމާދުތައް އެނަމާދުގެ ވަގުތުގައި އަދާކުރާ ބިލިއަނަރުންވެސް އެބަތިއްބެވެ. އަދި ނަމާދުތަކަށް ރައްކައުތެރިވާ ނުހަނު ބުރަކޮށް މަސައްކަތްކުރާ ނިކަމެތި ފަޤީރުންވެސް އެބަތިއްބެވެ. އެހެންކަމުން ކިތަންމެ ބުރަކޮށް މަސައްކަތްކުރި ނަމަވެސް ނަމާދުތައް ވަގުތުގައި އެންމެންނަށްވެސް ނަމާދު ކުރެވޭނެ އެވެ. ބޭނުންވަނީ އެކަމަށް ޢަޒުމްކަނޑައެޅުމެވެ. ކޮންމެ ނަމާދެއްވެސް އެނަމާދެއްގެ ވަޤުތުގައި ކުރަން މަސައްކަތްކުރުމެވެ. ނަމާދުނުކުރާ […]

ނިމިދިޔަ ރަމަޟާން މަހުގެ ކަރަންޓް ބިލުން ޑިސްކައުންޓް ދޭން ސަރުކާރުން ނިންމައިފިއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ، ހުސެއިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ނިމިދިޔަ ރަމަޟާން މަހު ބޭނުން ކޮށްފައިވާ ކަރަންޓަށް ޑިސްކައުންޓް ދިނުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ. އެހެން ކަމުން މިހާރު ފޮނުވާފައިވާ ބިލްތައް މި ބަދަލާ އެއްގޮތަށް އަދާހަމަކުރުމަށްފަހު، ވީއެންމެ އަވަހަކަށް ކަސްޓަމަރުންނަށް ފޮނުވިގެންދާނެ ކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ. ފަހުމީ ވަނީ ސަރުކާރުގެ ހަރުދަނާ، އޯގާތެރި ސިޔާސަތުތަކާއި އެއްގޮތަށް ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށް […]

ނަމުގައި ނޫސްވެރިކަން، ކަމުގައި ވިޔަފާރި

ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާދާއިރާގައި ލިބިދީފައި އޮތްއިރު އޭގެ ނާޖައިޒް ފައިދާ ނަގާ މީހުން ވަރަށް ގިނައެވެ. އޭގެތެރޭގައި ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފުންނާބު އުސް ފަރާތްތައް ނިސްބަތްވާ ނޫސްތަކުގައި މަސައްކަތްކުރާ އިސް މީހުން ވެސް ހިމެނެއެވެ. މި ކުޅިއަކީ އާންމުކޮށް އެ އިރެއްގައި އޮންނަ ސަރުކާރަކާއި އިދިކޮޅު ފަރާތްތަކުން ހިންގާ ފާޑެއްގެ ވިޔަފާރީގެ މުއާމަލާތެއް ކަމުގައި ބުނެވިދާނެއެވެ. ބޭރު ގައުމުތަކުންނާއި އެތެރެއިން ތަފާތު ފަންޑުތައް ނަގައިގެން ސަރުކާރު އިނދަޖައްސާލައި އަގުވައްޓާލަން މިފަދަ […]

ބައިނަލްއަގުވާމީ މުބާރާތް ގިނަކޮށް ފުރުސަތު އިތުރުކޮށްދޭން ބޭނުން: މިނިސްޓަރު

ރާއްޖޭގައި ބޭއްވި އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް ފަދަ ކާމިޔާބު އިތުރު ބައިނަލްއަގުވާމީ މުބާރާތްތައް ހޯސްޓްކޮށް، ރާއްޖެ އަށް މި ކަމުން ހޯދޭނެ ފުރުސަތުތައް އިތުރުކުރަން ބޭނުންވާ ކަމަށް ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ. ރާފިއު، މި ގޮތަށް ވިދާޅުވީ، ރޭ ބޭއްވި އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުގެ ތެރެއިން، ކުޅިވަރުން ކުރިއަށްދާން ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ރާފިއު […]

އުމުރުން 14 އަހަރުގެ ކުއްޖަކު، އޭނާގެ 12 އަހަރުގެ ލޯބިވެރިޔާ ހޯދަން މި ކުރީ އާދައިގެ ދަތުރެއް ނޫން.

މ. އަތޮޅު ރަށެއްގައި ދިރިއުޅޭ 14 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު، އޭނާގެ ލޯބިވެރިޔާއާ ބައްދަލު ކުރަން އެ ރަށު ފަޅު ތެރޭގައި އޮތް ލޯންޗެއް ވަގަށް ނަގައިގެން ހުޅުމާލެއަށް އައިސްފި އެވެ. އެނގިފައިވާ ގޮތުގައި އެއީ އެ އަތޮޅު ސިނަމަން ހަކުރާ ރިސޯޓުގެ ލޯންޗެކެވެ. އެ ލޯންޗު ވަގަށް ނަގައިގެން އެ ކުއްޖަކު ހުޅުމާލެ އައީ ރޭ ދަންވަރެވެ. ރަށު ކައުންސިލްގެ މުވައްޒަފަކު “އަދަދު” ނޫހަށް ކިޔައިދިން ގޮތުގައި ހެނދުނު ބެލިއިރު ލޯންޗު ރަށު ފަޅުގައި […]

ނޫސްތަކަށް އިންޒާރުދެނީ ނޫސްތަކުގެ ވެރިން އުފައްދައިގެން އުޅޭ ފޭކް އެކައުންޓްތަކުން

ދިވެހި ނޫސްތަކަށް ނުވަތަ ޓީވީ ސްޓޭޝަންތަކަށް އިންޒާރުގެ މެސެޖްތައް ދެނީ، ސަރުކާރާއި އިދިކޮޅު ނޫސްތަކުގެ ވެރިން އުފައްދާ ފޭކް އެކައުންޓް ތަކުންނެވެ. ފޭކް އެކައުންޓް ހަދައިގެން ސަރުކާރަށް ޕްރެޝާކުރުމަށް ތަފާތު ވާހަކަތައް އުފެއްދުމަކީ ޑިމޮކްރަސީގައި، ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ބޭނުން ކުރަމުން އަންނަ އުކުޅެކެވެ. އެއީ މުޖުތަމައުގައި ބައިބައިވުން އުފައްދުމަށާއި ސަރުކާރުގެ އަގުވައްޓާލައި މުޖުތަމައު ފަސާދަ ކުރުމަށް ތަންތަނުން ފަންޑު ނަގައިގެން ނޫސްވެރިންގެ ނަމުގައި ހިންގަމުން އަންނަ މުޑުދާރު އަމަލެކެވެ. މިކަން ކުރީގައި ވެސް މިހާރު ވެސް […]

މޫސުމީ ބަދަލުތަކަށް ތައްޔާރުވެ ތިބުމަށް ޤައުމުތައް ގުޅިގެން މަޝްވަރާކުރުން މުހިންމު: ޠާރިޤު

މޫސުމީ ބަދަލުތަކަށް ތައްޔާރުވެ ތިބުމަށް ޤައުމުތައް ގުޅިގެން މަޝްވަރާކުރުން ވަރަށް މުހިންމުކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ. ޤައުމުތަކުން އެކުލަވާލާ ތިމާވެށީގެ ނޭޝަނަލް އެޑެޕްޓޭޝަން ޕްލޭން އިތުރަށް ތަރައްޤީކުރުމަށް މުހިންމު ޚިޔާލާ މަޝްވަރާ ހޯދުމަށް ކޯލިޝަން އޮފް ލޯ-ލައިންގް އެޓޯލް ނޭޝަންސް އޮން ކްލައިމެޓް ޗޭންޖް، ކޭންސީސީގައި ހިމެނޭ 5 ޤައުމު ގުޅިގެން މަޝްވަރާ ބައްދަލުވުމެއް މިއަދު ވަނީ ފަށާފައެވެ. މިއީ 3 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ ބައްދަލުވުމެކެވެ. މި […]

ފޭކް ހަބަރު ފެތުރުމަކީ ނޫސްވެރިކަމަށް ވެސް އޮތް ހުތުރެއް

  ފޭކް އެކައުންޓު އަމިއްލައަށް ހަދައިގެން ރާއްޖެ ޓިީވީ ނޫސް ރޯކޮށްލާނެކަމަށް ބުނެ ކޮމެންޓްކޮށް އެ ކޮމެންޓަށް ހަބަރު ހެދުމަކީ ނޫސްވެރިކަމެއް ނޫން. އެއްވެސް އަސްލެއް ނެތް ފޭކް އެކައުންޓުން ކޮށްލާ ކޮމެންޓަކީ ވެލުއު ކުރެވޭ އެއްޗަކަށް ހަދައިގެން ބޮޑެތި ސުރުހީ ޖަހައިގެން އެހެން މަންޒަރެއް ދައްކަން އުޅުމަކީ ނޫސްވެރިކަމަށް ވެސް ކުރެވޭ މަލާމާތެއް، ޖެއްސުމެއް، އެއީ ގައުމުގައި ފިތުނަ އުފެއްދުން، އެއީ ރައްޔިތުންގެ އިތުބާރު ހޯދާފައިވާ ސަރުކާރުގެ އަގުވައްޓާލަން މަސައްކަތްކުރުން، ސަރުކާރާއި ޖެހިގަނެގެން ދޮގު ހަބަރު […]