ގައުމިއްޔަތު ނެތިކޮށްލުމަށް ތަކުރާރުކޮށް ފިލާތިބެ މިފަދަ ފަރާތްތަކުން ކުރާ ނޭއްގާނީ މަސައްކަތްތަކުގެ ސަބަބުން މިއަދު ގައުމިއްޔަތަށް މިވަނީ ވަރަށް ބޮޑަށް ލޮޅުން އަރާފައެވެ.

ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާދާއިރާގައި ލިބިދީފައި އޮތްއިރު އޭގެ ނާޖައިޒް ފައިދާ ނަގާ މީހުން ވަރަށް ގިނައެވެ. އޭގެތެރޭގައި ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފުންނާބު އުސް ފަރާތްތައް ނިސްބަތްވާ ނޫސްތަކުގައި މަސައްކަތްކުރާ އިސް މީހުން ވެސް ހިމެނެއެވެ. މި ކުޅިއަކީ އާންމުކޮށް އެ އިރެއްގައި އޮންނަ ސަރުކާރަކާއި އިދިކޮޅު ފަރާތްތަކުން ހިންގާ ފާޑެއްގެ ވިޔަފާރީގެ މުއާމަލާތެއް ކަމުގައި ބުނެވިދާނެއެވެ. ބޭރު ގައުމުތަކުންނާއި އެތެރެއިން ތަފާތު ފަންޑުތައް ނަގައިގެން ސަރުކާރު އިނދަޖައްސާލައި އަގުވައްޓާލަން މިފަދަ […]
އިމްރާންގެ ވީޑިއޯ އާންމު ކުރުމުން ރައީސް ގޮވާލެއްވީ ފަޟީހަތް ކުރުމާއި ޤާނޫނު އަތްމައްޗަށް ނެގުން ހުއްޓާލުމަށް!

ވީޑިއޯކޮށްގެން މީހުން ފަޟީހަތްކޮށްގެން ނުވާނެ ކަމަށް ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ފަޟީހަތް ނުކުރާން ގޮވާލައްވައިފިއެވެ. ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ކާރާއި އާންމު މީހެއްގެ ޕިކަޕެއް އެކްސިޑެންޓުވި ސަރަހައްދުގައި ހުންނަވައި، ހެންވޭރު ދެކުނު ދާއިރާގެ އިންތިހާބީ މެންބަރު އިމްރާން ލަތީފް (އިންމު) ހެއްދެވި ވީޑިއޯއެއް ވަނީ މީސްމީޑިއާގައި އާންމުވެފައެވެ. އޭގައި އިންމު، އިމްރާން އަރިހުން އެކްސިޑެންޓާ ގުޅިގެން އާންމު މީހާއަށް މާފުކޮށްދޭން އެދެއެވެ. […]
ޣައްޒާއިން ފޮނުވާލި ހަމަލާއެއްގައި އިސްރާއީލުގެ ސިފައިންގެ ތިން މީހަކު މަރާލައިފި

ޣައްޒާގެ ރަފަހް ސަރަހައްދުން އިސްރާއީލަށް ފޮނުވާލި ހަމަލާއެއްގައި އިސްރާއީލުގެ ސިފައިންގެ ތިން މީހަކު މަރުވެ، 11 މީހަކު ޒަހަމްވެފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ. ޓައިމްސް އޮފް އިސްރާއީލުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރަފަހްއިން ފޮނުވާލި އެ ރޮކެޓު ހަމަލާ އަމާޒުކޮށްފައި ވަނީ އިސްރާއީލު ސިފައިން ޣައްޒާއަށް ވެއްދުމުގެ ކުރިން ތައްޔާރީތައް ކުރިއަށްގެންދާ ކަރެމް ޝެލޯމްއާ އަވަށާއި ކައިރި ބޯޑަރު ސަރަހައްދަށެވެ. އެ ހަމަލާގައި ސިފައިންގެ ތިން މީހަކު މަރުވެ، 11 މީހުން ޒަހަމްވެފައިވާއިރު، މަރުވި މީހުންގެ […]
ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިރޭ ރާއްޖެ ވަޑައިގެންފިއެވެ. ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ސިންގަޕޫރަށް ފުރާވަޑައިގެންނެވީ މެއި މަހުގެ 1 ވަނަ ދުވަހުގެ ރެއެވެ.
އިންމުގެ ފަރާތުން ފެނިގެންދިޔައީ އަޅާލުމާއި އޯގާތެރިކަން

އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ދަތުރުކުރެއްވި ކާރުގައި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓާއި ގުޅިގެން އެކަން މަސަލަސް ކުރުމަށްޓަކައި ހެންވޭރު ދެކުނު ދާއިރާއަށް އަލަށް އިންތިހާބުވި އިމްރާން ލަތީފު (އިންމު) ކުރެއްވި މަސައްކަތަށް ގިނަބައެއްގެ ލޯތްބާއި ތާއީދު ލިބެމުން އެބަދެއެވެ. ޝެއިހް އިމްރާންގެ ކާރުގައި ޕިކަޕެއްޖެހި ހިނގި އެކްސިޑެންޓާއި ގުޅިގެން ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯގައި، ޕިކަޕްގެ ޑްރައިވަރުގެ ކޮންޑަށް އަތްލައި ގާތްކޮށްލައިގެން ހުރެ އިންމު، ޝެއިހް އިމްރާންގެ އަރިހުން އެދެނީ އެ ބޭބެއަށް […]
ފަލަސްތީނު ރައްޔިތުންގެ ނަސްލު ނައްތާލުމަށް އިޒްރޭލުން ކުރަމުން އަންނަ ހަނގުރާމަ ހުއްޓާލައި, ފަލަސްތީނު ރައްޔިތުންނަށް އިންސާފު ހޯދައިދޭން ރާއްޖެއިން ގޮވާލައިފި

ފަލަސްތީނު ރައްޔިތުންގެ ނަސްލު ނައްތާލުމަށް އިޒްރޭލުން ކުރަމުން އަންނަ ހަނގުރާމަ ހުއްޓާލައި, ފަލަސްތީނު ރައްޔިތުންނަށް އިންސާފު ހޯދައިދޭން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން އިންތިޒާމްކޮށްގެން ގެމްބިޔާގެ ވެރިރަށް ބަންޖުލްގައި މިއަދު ފަށާފައިވާ، އިސްލާމީ ގައުމުތަކުގެ އެންމެ އިސްވެރިންގެ 15 ވަނަ ސަމިޓުގައި ރާއްޖެއިން ގޮވާލައިފިއެވެ. މި ސަމިޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. މި ސަމިޓުގައި […]
ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ފަހަތައް ސޮއްސާލީ މަދުލާރިކޮޅަކަށް ވިކޭ، އަދަދު ނޫސްފަދަ ދޮގުހަބަރު ފަތުރާ ނޫސްތަކާއިހުރެ

ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ފަހަތަށް ސޮއްސާލީ ބޭރުގެ ފަރާތްތަކުން ފަންޑު ނަގައިގެން އަދަދު ނޫސްފަދަ ނޫސްތަކުން ސަރުކާރާއި ދެކޮޅަށް ފެތުރި ދޮގުހަބަރުތަކުގެ ސަބަބުންނެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ވަނީ ހަ ދަރަޖަ ފަހަތަށް ވެއްޓިފައެވެ. ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ވަޒަންކުރާ “ރިޕޯޓާސް ވިތައުޓް ބޯޑާސް” އިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުގައި ބުނާގޮތުން ރާއްޖެ މިވަގުތު އޮތީ ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ވަޒަންކުރާ ލިސްޓުގެ 106 ވަނާގައެވެ. ސަރުކާރަށް ޖެއްސުން ކުރުމާއި ސަރުކާރާއި […]
އެއްޖިންސުން ގުޅުން ހިންގުން، ދީނަށް ފުރައްސާރަކުރުން، އާދައިގެ ކަމަކަށް ހަދާލި އެމްޑީޕީ ސަރުކާރު

ދިވެހިރާއްޖެއަށް ޑިމޮކްރަސީ ތައާރަފްވެ ކޮންމެ ކަމަކީވެސް ހައްގެއްކަމަށް މީހުންނަށް ވިސްނައި ދިނުމުގައި އެންމެ އިސް ރޯލެއް އަދާކުރާ ބަޔަކީ އެމްޑީޕީއެވެ. އެއީ އިސްލާމް ދީނުގައި ކިތަންމެ ބޮޑު ފާފައެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމެއް ނަމަވެސްމެއެވެ. މިކަން ފާއިތުވި ފަސްއަހަރު އެމްޑީޕީ ސަރުކާރުގައި ވަރަށް ފުޅާދާއިރާއެއްގައި ފެނިގެންދިޔައެވެ. އިސްލާމް ދީނުގައި ބޮޑެތި ބޮޑެތި ފާފަތަށްކަމުގައި ކަނޑައަޅާފައިވާ ކުއްތަކަށް އެއީ ހައްގުކަމުގައްޔާއި ނޯމަލް ކަމެއްކަމުގައި މުޖުތަމައަށް ވިސްނައި ދިނުމަށް ސީދާގޮތުން ވަނީ މަސައްކަތް ކޮށްފައެވެ. އިސްލާމް ދީނަށާއި ރަސޫލާ(ސޢވ) ފުރައްސާރަކޮށް […]
ރައީސް ޑރ.މުއިއްޒު ތަފާތު ދައްކަވާނީ ނަތީޖާއިން – އަބްދުއްރަހީމް

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތަފާތު ދައްކަވާނީ ތެދުވެރިކަމާއި އިހުލާސްތެރިކަމާއިއެކު ނަތީޖާނެރެގެން ކަމުގައި ރައީސްގެ ހާއްސަ މުޝީރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. އަބްދުއްރަހީމް ވިދާޅުވީ ރައީސް ޑރ.މުއިއްޒު އަބަދުވެސް އިސްކުރައްވާނީ ދިވެހި ރައްޔިތުންނާއި ދިވެހި ގައުމުކަމަށާއި މަސައްކަތް ކުރައްވާނީ ރައްޔިތުންގެ އަޑު އައްސަވައިގެން ރައްޔިތުންނާއި ގާތުންކަމަށެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައި ދެއްވުމަކީ އެމަނިކުފާނުގެ އަމާޒެއްކަމަށާއި، ރައްޔިތުން ދެއްވި އިތުބާރު އެމަނިކްފާނު ދަމަހައްޓާނީ ރައްޔިތުންނަށް އިތުބާރު ދެއްވައިގެން ކަމުގައި އަބަދުރަހީމް ވިދާޅުވިއެވެ. އަބްދުއްރަހީމް އިތުރަށް ވިދާޅުވީ […]
ޝިއުނާ އެމްޑީޕީގެ ޗެއާޕާޝަންއަށް ދިން ރައްދު، އިޒްރޭލުގެ ބްރޭންޑްތައް ބޭނުން ނުކުރިޔަސް މަގޫފަތް ކާކަށް ނުޖެހޭނެ

ފަލަސްތީނުގައި އިޒްރޭލުން ހިންގަމުން ގެންދާ ނަސްލު ނައްތާލުމުގެ އަނިޔާވެރި ހަރަކާތްތަކާއި ގުޅިގެން، އިޒްރޭލުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް މުޅި ދުނިޔޭގައި ގޮވާލަމުން ދަނިކޮށް، އެތަކެތި ބޮއިކޮޓް ކޮށްގެން ކައިބޮއެ އުޅެނީ ކިހިނެއްތޯ ސުވާލު އުފައްދައި އެމްޑީޕީގެ ޗެއާޕާޝަން ފައްޔާޒު އިސްމާއިލް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އިޒްރޭލުގެ އުފެއްދުންތައް ފެންނަ ޕޯސްޓަރަކަށް އެކްސްގައި ފައްޔާޒު ކުރި ކޮމެންޓްގައި ބުނެފައިވަނީ އިޒްރޭލުގެ އުފެއްދުންތައް ބޮއިކޮޓް ކޮށްފައި ދެން ކަނީ މަގޫފަތްތޯ ސިވާލު އުފައްދާފައެވެ. އަދި އޭނާ ބުނީ ހުރީ މުޅިންވެސް އިޒްރޭލުގެ […]