ނަމާދުގައި ޚުޝޫޢަތްތެރިނުވެވޭނަމަ ނިކަން މި 2 ކަންތައް ކޮށްބަލަ!: ބިލާލް އަސްއަދު

ނަމާދަށް ޚުޝޫޢަތްތެރިނުވެވުމަކީ އެންމެ ގިނަ ބައެއްގެ އޮންނަ އެންމެ ބޮޑު ކަންބޮޑުވުން ކަމުގައިވާތީ ޚުޝޫޢަތްތެރިވެހުރެ ނަމާދުކުރަން އެދޭމީހާ ކުރަންވީ 2 ކަމެއެ ފާހަގަކޯށްލާނަމެވެ. ފުރަތަމަކަމަކީ ނަމާދުކުރާތަނުގައި ހުއްޓުމަށްފަހު އިތުރު އެއްވެސް ކަމެއް ނުކޮށް 10 ސިކުންތުހައިއިރު މަޑުކޮށްލުމެވެ. އެވަޤުތުކޮޅުގައި ކުރަން އޮތްކަމަކީ ތިމާ ހުއްޓި މިހުރީ ﷲ ތަޢާލާގެ ޙަޟްރަތުގައި ކަމާއި މިއުޅެނީ ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާ ފެންވަރުގައި ނަމާދެއްކުރަންކަން ހިތަށް އެރުވުމެވެ. 10 ސިކުންތުވުމުން ޙަރަމް ބަނދެ ނަމާދަށް ފަށާށެވެ. ނަމާދަށް […]
ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން މިއަދު ވަނީ ފަލަސްތީނުގެ ޣައްޒާގެ އެންމެ ބައިބޯ ރެފިއުޖީ ކޭމްޕް ކަމަށްވާ ޖަބަލިއާ ރެފިއުޖީ ކޭމްޕުގައި ފަލަސްތީނުގެ ނަރުހެއް ގަޔަށް ބަޑި ޖަހައި ޝަހީދުކޮށްލާފައެވެ.

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން ގެންދާ ހަމަލާތަކުގައި ފަލަސްތީނުގެ ސިއްހީ ހިދުމަތްތެރިންނަށް ވެސް ރައްކާތެރި ކަމެއް ނެތް ކަމަށް ފަލަސްތީނުގެ ޣައްޒާގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެފިއެވެ. ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން މިއަދު ވަނީ ފަލަސްތީނުގެ ޣައްޒާގެ އެންމެ ބައިބޯ ރެފިއުޖީ ކޭމްޕް ކަމަށްވާ ޖަބަލިއާ ރެފިއުޖީ ކޭމްޕުގައި ފަލަސްތީނުގެ ނަރުހެއް ގަޔަށް ބަޑި ޖަހައި ޝަހީދުކޮށްލާފައެވެ. އެ ނަރުސް ކުއްޖާ ގަޔަށް ޔަހޫދީ […]
ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނުގެ ޚާއްޞަ މެހެމާންދާރީގައި ކުރެއްވި ޢުމްރާ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްޞަ މެހެމާން ދާރީގައި ކުރެެއްވި ޢުމްރާ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ރާއްޖެ ވަޑައިގެންފިއެވެ. މި މޭމަހުގެ 10ން 15ށް ކުރެއްވި މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، އިސްލާމީ މަރްކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު […]
ކުރިޔަށް އޮތް ފަސް ދުވަހު ވައި ބާރުވެ، ކަނޑުތައް ގަދަވެ، ވިއްސާރަ ކުރާނެ: މެޓް

ރާއްޖޭގެ ސަރަހައްދަށް މާދަމާ ރެއިން ފެށިގެން ހުޅަނގު މޫސުމުގެ ބާރު ގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން އިލްތިމާސްކޮށްފި އެވެ. މެޓް އޮފީހުން މިއަދު ބުނީ ކުރިއަށް އޮތް ފަސް ދުވަހަށް ވައި ބާރުވެ، ކަނޑުތައް ގަދަވެ، ވިއްސާރަ ކުރާނެ ކަމަށެވެ. “އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާ ދެމެދު […]
ވަރަށް ތަފާތު މަންޒަރެއް! ސައުދީގައި ހުންނަވައިގެންވެސް ރައީސް ގެންދަވަނީ ގައުމުގެ ކަންކަން ގާތުން ބައްލަވަމުން

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ސައުދީ އަރަބިއްޔާގައި ހުންނަވައިގެން ވެސް ގައުމުގެ މަސައްކަތްތަކުގައި އަވަދިނެތި އުޅުއްވާތީ އެކަން ގިނަބައެއްގެ ސަމާލުކަމަށް އަތުވެއްޖެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ރާއްޖެއިން ފުރާވަޑައިގަތީ މިމަހުގެ ދިހަވަނަ ދުވަހުއެވެ. އުމްރާގެ އަޅުގަން އަދާކުރުމަށް މިވަގުތު ރައީސް ހުންނެވީ ސައުދީ އަރަބިއްޔާގައެވެ. މިއީ ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހާއްސަ މެހެމާންދާރީގައި ރައީސް ކުރައްވާ ދަތުރުފުޅެކެވެ. ޑރ.މުއިއްޒު […]
ކޮވިޑް ވެކްސިންގެ 2021 ގެ ޕެކިންގެ މައުލޫމާތުގައި ލޭގަނޑުވާ ވާހަކަ އޮންނާނެ: އިންޑިއާ ކުންފުނި

ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ދުނިޔޭގެ 150 ގައުމެއްގައި ޖަހަން ވިއްކި 3 ބިލިއަން ޑޯޒްގެ ކޮވިޝީލްޑުން ލޭނގަނޑުވާ މައްސަލަ އާއި އެހެނިހެން ސައިޑްއިފެކްޓްސް ފެންނަ މައްސަލައިގައި ބަޔަކު ކޯޓަށް ދިޔުމުން, 2021 ގެ ޕެކިން ލިސްޓުގައި އެވާހަކަ ލިޔެފައި އޮންނާނެ… ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ޖެހި ކޮވިޝީލްޑުން ލޭގަނޑު ވުމުގެ މައްސަލަ ފެންމަތިވެ, ސިކުނޑީގެ މައްސަލަތައް ދިމާވެ ފުރާނަ ގެއްލުމުގެ ހާދިސާތައް ހިނގާފައި ވާކަމަށް ބުނެ އިނގިރޭސިވިލާތުގެ ހައިކޯޓަށް ބަޔަކު ދިޔުމާއެކު, އާންމު ކޮށް ދިމާވެދާނެ […]
ފަލަސްތީނަށް ޔޫއެންގެ މެމްބަރުކަން ލިބުމަކީ ތާރީޚީ ބޮޑު ކާމިޔާބީއެއް ކަމަށް ރައީސް މުޢިއްޒު ވިދާޅުވެއްޖެ

އދ. ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް އާންމު މަޖިލީހުން ނިންމުމަކީ އެ ޤައުމަށް އިންސާފު ހޯދައި ދިނުމަށް ކުރަމުން އަންނަ މަސައްކަތުގައި ލިބިގެންދިޔަ ތާރީޚީ ކާމިޔާބީއެއްކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޔޫއެން އިން އިއްޔެ ބޭއްވި ކުއްލި ބައްދަލުވުމުގައި ފަލަސްޠީނަށް ފުރިހަމަ މެންބަރުކަން ދިނުމަށް ފާސްކުރުމާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް މުޢިއްޒުގެ ޕޯސްޓްގައި ވިދާޅުވީ، މިއީ ފަލަސްޠީނާއި އެ ޤައުމުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް […]
އދ.ގެ މެމްބަރުކަން ފަލަސްތީނަށް ދޭން ފާސް ކުރުމުން ރައީސްގެ ތައުރީފު!

ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރުކަން ދޭން އދ.ގެ އާންމު މަޖިލީހުން ފާސް ކުރުމަށް ބައިނަލްއަގްވާމީ ގައުމުުތަކުން އެޅި މުހިންމު ފިޔަވަޅަށް ރައީސް ޑރ. މުއިއްޒު ތައުރީފް ކުރައްވައިފިއެވެ. 193 މެމްބަރުންގެ މައްޗަށް އެކުލެވޭ އދ.ގެ އާންމު މަޖިިލީހުގެ 10 ވަނަ ކުއްލި ބައްދަލުވުމުގައި މިއަދު ނެގި ވޯޓަކީ އދ.ގެ ފުރިހަމަ މެމްބަރަކަށް ވުމަށް ފަލަސްތީނުން ކުރަމުންދާ މަސައްކަތަށް ތާއީދުކުރާ މިންވަރު ދެނެގަތުމުގެ ބައިނަލްއަގުވާމީ ސާވޭއެކެވެ. މިއަދުގެ އެސެމްބްލީން ގަރާރު ފާސްކުރީ 143 ވޯޓުންނެވެ. އެއީ ފަލަސްތީނަށް އދ.ގެ […]
ބޯކޮށް ވަރޭވެހޭނެ ކަމަށް ލަފާކޮށް އުތުރަށް ރީނދޫ އެލާޓް ނެރެފި

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓް މިރޭ ނެރެފި އެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ނ. އަތޮޅަށް 22:30 އިން ފެށިގެން 02:30 އަށް ރީނދޫ އެލާޓް ނެރެފައިވާ ކަމަށެވެ. މިގޮތުން ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާ ކޮށްފަ އެވެ. ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް […]
ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ރާއްޖެ ދޫކޮށް ގޮސްފި

ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާގެ ހުރިހާ ސިފައިން، ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވި ގޮތަށް އިންޑިއާ އިން އަނބުރާ ގެންގޮސް މިއަދު ނިންމާލައިފި އެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ފަހު ބެޗް ފުރިކަން ރައީސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލު ވަނީ “ވަގުތު” އަށް މިއަދު ކަށަވަރުކޮށްދެއްވާފައެވެ. ހަލީލު ވިދާޅުވީ އެކަމުގެ ތަފްސީލު ސަރުކާރުން ފަހުން ހާމަ ކުރައްވާނެ ކަމަށެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި […]