ނަމާދުގައި ޚުޝޫޢަތްތެރިނުވެވޭނަމަ ނިކަން މި 2 ކަންތައް ކޮށްބަލަ!: ބިލާލް އަސްއަދު

Picture of މުޙައްމަދު ޢަލީ

މުޙައްމަދު ޢަލީ

ނަމާދަށް ޚުޝޫޢަތްތެރިނުވެވުމަކީ އެންމެ ގިނަ ބައެއްގެ އޮންނަ އެންމެ ބޮޑު ކަންބޮޑުވުން ކަމުގައިވާތީ ޚުޝޫޢަތްތެރިވެހުރެ ނަމާދުކުރަން އެދޭމީހާ ކުރަންވީ 2 ކަމެއެ ފާހަގަކޯށްލާނަމެވެ.  

ފުރަތަމަކަމަކީ ނަމާދުކުރާތަނުގައި ހުއްޓުމަށްފަހު އިތުރު އެއްވެސް ކަމެއް ނުކޮށް 10 ސިކުންތުހައިއިރު މަޑުކޮށްލުމެވެ. އެވަޤުތުކޮޅުގައި ކުރަން އޮތްކަމަކީ ތިމާ ހުއްޓި މިހުރީ ﷲ ތަޢާލާގެ ޙަޟްރަތުގައި ކަމާއި މިއުޅެނީ ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާ ފެންވަރުގައި ނަމާދެއްކުރަންކަން ހިތަށް އެރުވުމެވެ. 10 ސިކުންތުވުމުން ޙަރަމް ބަނދެ ނަމާދަށް ފަށާށެވެ.

 

ނަމާދަށް ފެށުމަށްފަހުގައިވެސް އެއް ރުކުނުން އަނެއް ރުކުނަށް ބަދަލުވާހިނދު 5 ސިކުންތު މަޑުކޮށްލައި ކުރިން ބުނިމަގުން ކަންކަން ހިތަށް އަރުވާށެވެ! އިތުރު އެއްވެސް ކަމެއް ހިތަށް ނުއަރުވާށެވެ.  

ދެވަނަ ކަމަކަށް ޞުޙާނަމާދުކުރަންފަށާށެވެ. ޟުޙާ ނަމާދުގެ 2 ރަކްޢަތް ނަމަވެސް ކުރާށެވެ.  

މިދެ ކަންތައް ކުރަން ފަށައިފިނަމަ ދާދި އަވަހަށް ތަފާތުފެންނާނެއެވެ. ނަމާދުގައި ޚުޝޫޢަތްތެރިވެވެން ފަށާނެއެވެ. އިން ޝާ ﷲ

 

– މަޢްލޫމާތު: ބިލާލް އައްސަދުގެ ދަރުސަކުން