‎ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ޕާޕާ އާއި މޮސްޓާ، އޯޓިޒަމާ ޑައުންސިންޑްރޯމް ހުންނަ ކުދިންނަށް ހަޖޫޖަހައިފި!

ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން، މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުالله (މޮސްޓާ) އާއި ކުރީގެ ކާނަލް އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ ފަޔާޒް)، ސިޔާސީ ކަންކަމާއި ޑައުންސިންޑްރޯން އަދި އޯޓިޒަމް ކުދިންގެ ޙާލަތާއި ގުޅުވައި އެކުދިންނަށް މަލާމާތްކޮށް ހަޖޫޖަހައިފިއެވެ. އެ ޓީވީން ގެނެސްދިން ކާލާ ބައިސާ ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނޫސްވެރިޔަކަށް ފޯނުން ގުޅުއްވާފައި އިންޒާރުދިން ވާހަކަ ދައްކަވައި ސަރުކާރަށް ފާޑުވިދާޅުވަމުން ޕާޕާ އެންމެ ފުރަތަމަ […]

ރައީސް ޑރ. މުއިއްޒުގެ އޭއައި ޕްރޭންކް ކޯލެއްގައި ޖެހި ފިޔާޒާއި އަދަދު ނޫސް އަވަދިވީ ތަ!

މިއަދުގެ ދުނިޔޭގައި ޕްރޭންކް ކޯލްތަކަކީ އާ ކަމެއް ނޫނެވެ. އާއްމް ކަމެކެވެ. ތިބާގެ ނަމްބަރުން ތިބާގެ އަޑުން ކޮންމެ މީހަކަށް ވެސް ފޯނުގެ ޒަރީޔާއިން ވާހަކަ ދެއްކިދާނެ އެވެ. އޭއައި ސްފްޓްވެއަރއެއްގެ އެހީގައި ތިބާގެ އަޑު ބޭނުން ގޮތަކަށް ބަދަލުކޮށް ހިތްއެދޭ އަޑަކުން ވާހަކަ ދެއްކިދާނެ އެވެ. އަދި ބޭނުން ނަމްބަރަކުން ބޭނުން ނަމްބަރަކަށް ގުޅާވެސް ލެވިދާނެ އެވެ. މިއީ މިއަދު ޓެކްނޮލޮޖީގެ ދުނިޔޭގައި އާއްމް ކަމެކެވެ. އިންސާނާގެ ބުރުސޫރަ ނޭނގޭ ވަރަށް އޭއައި ވީޑިޔޯ އުފައްދައި […]

ރަމަޟާން މަހު ރޭއަޅުކަން ކުރާ މުސްލިމުންނަށް ނޮހޮރުއްޕާން ކުރަން ކޮންމެ ރެއަކު އެމްޑީޕީން މަގުމައްޗަށް

ރަމަޟާން މަހު ރޭއަޅުކަން ކުރާ މުސްލިމުންނަށް ނޮހޮރުއްޕާން ކުރަން ކޮންމެ ރެއަކު އިދިކޮޅު އެމްޑީޕީން މާލޭ މަގުމައްޗަށް ނުކުމެ ހޯބޯލައްވަމުން ދުވަންފަށައިފިއެވެ. ރަމަޟާންމަސް ފެށުމާއެކު ފެނިގެން ދިޔައީ އެމްޑީޕީން މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރަމުންދާ މަންޒަރެވެ. މި މުޒާހަރާތަކުގައި އެމްޑީޕީން ކުރަމުންދާ އިހުތިޖާޖުތަކަކީ ކޮބައިތޯ އަޅުގަނޑުމެން ވިސްނާލަން ޖެހެއެވެ. އެބައިމީހުން މިކަން ކުރަނީ ރޯދަމަހުގެ ރޭއަޅުކަމާ ދިމާކޮށެވެ. ތަރާވީހް ނަމާދު ނިމިގެން ރައީސް މުއިއްޒު މިސްކިތުން ނުކުންނަވާ ގަޑިއާއި ދިމާކޮށް އެމްޑީޕީން މުޒާހަރާފަށައެވެ. އެންމެ ފުރަތަމަ މި […]

ކުޑަކުއްޖެއްގެ ހިތުގެ އުދާސް: “އައި މިސް މައި ޑެޑީ”، ރައީސް ގެނެސްދެއްވީ އެކުއްޖާގެ ބައްޕަ!

“އައި މިސް މައި ޑެޑީ” މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މި އަތޮޅުގެ ބައެއް ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މި އަތޮޅު އުތުރުބުރީގެ ރަށްތަކުގެ ތެރެއިން ފުރަތަމަ ރަށެއްގެ ގޮތުގައި މިއަދު މި ރަށަށް ވަޑައިގެންނެވުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ދަމާލި ދިގު ސަފުގައި ހުރި ކުޑަކުޑަ ފިރިހެން ކުއްޖެއް ކަމުގައިވާ އާޔަލް ބިން އަލީ ސައީދު ރައީސްގެ އަތްޕުޅަށް ދިން ގަނޑުކޮޅެއްގައި އޮތް ވާހަކައެވެ. އާޔަލް އެ ބުނަނީ، ގދ. ފަރެސްމާތޮޑާ […]

ތެޔޮ ބިޑި ބޯން ބޭނުންކުރާ ސާމާނު ރާއްޖެ އެތެރެކުރުން މަނާކޮށްފި

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި ދުންފަތް އުފެއްދުން މަނާވެފައިވާތީ ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަށް ބޭނުންކުރާ ތަކެތި އެތެރެކުރާ ނަމަ ހިފަހައްޓަން ހެލްތު މިނިސްޓްރީން ކަސްޓަމްސް އަށް އަންގައިފިއެވެ. މީގެ ތެރޭގައި ތެޔޮބިޑި ބޯން ބޭނުންކުރާ ސާމާނު މަނާ އެއްޗެހީގެ ގޮތުގައި ހިމަނާފައިވާތީ އެމްޑީޕީ ޒުވާނުން ރުޅިގަދަވެގެން ސޯޝަލް މީޑިއާގައި ދަނީ އަވަގުރާނަ ގޮވަމުންނެވެ. ރާއްޖޭގައި ވޭޕް އެތެރެކުރުމާއި ބޭނުން ކުރުން މަނާކޮށް، ސިނގިރޭޓާއި ބިޑީގެ ޑިއުޓީ %50 ބޮޑުކުރާ ގޮތަށް ގާނޫނަށް […]

ޓެކްސީ ޑްރައިވަރުން ތަކެއް އާއްމުންނަށް އުދަނގޫ ކުރަން ނުކުމެއްޖެ

ޓެކްސީ ޑްރައިވަރުން ހުޅުމާލެ ފަޅިން ބްރިޖަށް އަރާ ހަލިމަގު (ހައިވޭ) ބަންދުކޮށް، އާއްމު ދަތުރުފަތުރަށް ހުރަސް އަޅައިފިއެވެ. އެ ސަރަހައްދު ހަތަރުފުރޮޅުލީ އުޅަނދުތަކަށް ބަންދުކޮށް، އެ ސަރައްދުގައި މުޒާހަރާ ދަނީ ކުރަމުންނެވެ. އެ މަގު ބަންދު ކޮށްފައި ވަނީ ޓެކްސީ ބޭނުންކޮށްގެންނެވެ. އެ މަގުން ހަމައެކަނި ދަތުރު ކުރެވެނީ ސައިކަލަށެވެ. ޓެކްސީ ޑްރައިވަރުން ކުރަމުންދާ މުޒާހާރާގެ ތެރެއިން އެ ސަރަހައްދުގައި މިހާރު ފުުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ މީހަކު ބުނީ އެ ސަރަހައްދުގައި 20-30 […]

އެމްޑީޕީ ޖަލްސާގައި ގިނައީ ހުސް ގޮނޑި، ނޫނެކޭ ބުނެފި!

މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ގެނެސްގެންވެސް އިދިކޮޅު އެމްޑީޕީން ބޭއްވި ޖަލްސާއަށް ތަރުހީބެއް ނުލިބުމުން ގިނަ ބައެއްގެ ފާޑުކިޔުން އެޕާޓީއަށް އަމާޒުވެއްޖެއެވެ. ދުވެލިއަށް މައުލޫމާތު ލިބިފައިވާގޮތުގައި މުޅި ޖަލްސާގައި މުޅި ރާއްޖެއިން ބައިވެރިވީ ގާތްގަނޑަކަށް 700 މީހުންނެވެ. ޖަލްސާ ފެށިގެން ގަޑިއިރެއް ވާން ކައިރިވީއިރުވެސް ބައިވަރު ހުސްގޮނޑި ހުރިކަން ފާހަގަ ކޮށްލެވެއެވެ. މިރޭގެ ޖަލްސާ ޕްރޮމޯޓް ކުރުމަށްޓަކައި އެމްޑީޕީން ވަނީ ކުރީގެ ރައީސް މުހައްމަދު އަމީނަށް ހެދިގޮތް ރައީސް މުއިއްޒަށް ހަދާނެ ކަމަށް ބުނެ ވެސް […]

މާލެތެރެ ހަލަބޮލި ކުރުމަށް ޑިސެމްބަރު 11 ގައި އެމްޑީޕީން ނުކުންނަނީ

ވަގުންގެ ދިފާއުގަ މާލެތެރެ ހަލަބޮލި ކުރަން 11 ޑިސެމްބަރުގަ އެމްޑީޕީން ނުކުންނަން ނިންމައިފިއެވެ. އެމްޑީޕީން މަގުތައް ހަލަބޮލި ކުރަން ނުކުތުމަށް ނިންމާފައިމިވަނީ މިދިޔަ 5 އަހަރު ވަންދެން ހިންގި ޖަރީމާތައް ބަލާ ފިޔަވަޅު އެޅުމަށް ސަރުކާރުން ތައްޔާރުވުމާ ގުޅިގެން ހައްޔަރުކޮށްފާނެތީ ސިޔާސީ ހައްޔަރެއް ކަމަށް ބުނުމަށެވެ. އެމްޑީޕީން ދަނީ މިސަރުކާރާބެހޭ ގޮތުން ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށް ގިނަ ދޮގުތަކެއް ހަދަމުންނެވެ. އަދި ވެރިކަމުގެ 3 އަހަރު ނުވަނީސް ނަޝީދު އެކަހެރިކުރުމަށްފަހު ވެރިކަން ކޮށް ފެއިލް ވުމުން އަނެއްކާ […]

120 ބިލިއަނުން ޤައުމު ދަރުވާލި ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު ރާއްޖޭގެ އިގްތިސާދު ފުނޑިއްޖެ ކަމަށް ބުނެފިއެވެ.

120 ބިލިއަނުން ޤައުމު ދަރުވާލި ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު ރާއްޖޭގެ އިގްތިސާދު ފުނޑިއްޖެ ކަމަށް ބުނެފިއެވެ. 120 ބިލިއަން ރުފިޔާއިން ގައުމު ދަރުވާލުމަށްފަހު މިދިޔަ 5 އަހަރު މާލީ ވުޒާރާ ބަނގުރޫޓްކޮށްލި ވަޒީރު އަމީރު މިއަދު ޕްރެސް ބާއްވާ އެތައް ދޮގުތަކެއް ހަދައިފިއެވެ. އަމީރު މިފަދައިން ދޮގުހެދިނަމަވެސް ނިމިދިޔަ 5 އަހަރު އެކި މަޝްރޫޢުތައް ހިންގުމުގެ ނަމުގައި ނެގި ލޯނުތަކުން ދިވެހިންނަށްވެސް އަދި ރާއްޖޭގެ އިގްތިސާދަށްވެސް ވީ ފައިދާއެއް ނެތެވެ. އަދި އެމްޑީޕީ ވެރިކަމުން ފޭބިއިރު […]

އެމްޑީޕީ ވެރިކަމުގައި ޕާޓީ މީހުންނަށް ފްލެޓްތައް ބަހާލި މުއާމަލާތްތައް ހިންގި ޗެޓްލޮގެއް ލީކުވެއްޖެ

އެމްޑީޕީ ވެރިކަމުގައި ޕާޓީ އެކްޓިވިސްޓުންނަށް ގެވަޅުތަކާއި ފްލެޓްތައް ބަހާލި މުއާމަލާތްތައް ހިންގި ޗެޓްލޮގެއް ލީކުވެއްޖެއެވެ. ޗެޓްލޮގުގައި ފެންނަނީ އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ބާރުވެރިކަން ހޯދައިގެން ޝަރުތު ހަމަނުވާ، އެމްޑީޕީގެ އެކްޓިވިސްޓުން ފްލެޓް ލިސްޓުގައި ހިމެނުމަށް ކުރާ މުއާމަލާތްތަކެކެވެ. އެ ޗެޓްލޮގުގައި އެމްޑީޕީގެ އެމްޕީ ރޮޒެއިނާގެ މުއާމަލާތްތަކެއް ވެސް ފެންނަން ހުރެއެވެ. ބާރާއި ނުފޫޒު ބޭނުން ކޮށްގެން އެމްޑީޕީ އެކްޓިވިސްޓުން ހިމަނައިގެން ތައްޔާރު ކޮށްފައިވާ ފްލެޓް ލިސްޓް ރިވިއުކުރަން މި ސަރުކާރުން ނިންމުމާއި ގުޅިގެން އެމްޑީޕީން ހިތްހަމަ ނުޖެހުން […]