މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ގެނެސްގެންވެސް އިދިކޮޅު އެމްޑީޕީން ބޭއްވި ޖަލްސާއަށް ތަރުހީބެއް ނުލިބުމުން ގިނަ ބައެއްގެ ފާޑުކިޔުން އެޕާޓީއަށް އަމާޒުވެއްޖެއެވެ.
ދުވެލިއަށް މައުލޫމާތު ލިބިފައިވާގޮތުގައި މުޅި ޖަލްސާގައި މުޅި ރާއްޖެއިން ބައިވެރިވީ ގާތްގަނޑަކަށް 700 މީހުންނެވެ. ޖަލްސާ ފެށިގެން ގަޑިއިރެއް ވާން ކައިރިވީއިރުވެސް ބައިވަރު ހުސްގޮނޑި ހުރިކަން ފާހަގަ ކޮށްލެވެއެވެ.
މިރޭގެ ޖަލްސާ ޕްރޮމޯޓް ކުރުމަށްޓަކައި އެމްޑީޕީން ވަނީ ކުރީގެ ރައީސް މުހައްމަދު އަމީނަށް ހެދިގޮތް ރައީސް މުއިއްޒަށް ހަދާނެ ކަމަށް ބުނެ ވެސް ގިނަ އިންޒާރުތަކެއް ވެސް ދީފައެވެ. އަދި އެމްޑީޕީގެ ޖަލްސާ ޕްރޮމޯޓް ކުރުމަށް އެޕާޓީން ވަނީ މާލެ އާއި ހުޅުމާލޭގައި އަދި ރާއްޖޭގެ ގިނަ ރަށްތަކެއްގައި ޖަލްސާތަކާއި ސައިކަލް ބުރުތައް ބާއްވާ ގިނަ މަސައްކަތްތަކެއް ކޮއްފައިކަން ފާހަގަ ކޮށްލެވެއެވެ.
އެމްޑީޕީއަށް ކުރިން އޮތް ތާއީދު ރައްޔިތުންގެ މެދުގައި ނެތްކަމާއި އެޕާޓީގެ ސިޔާސީ ލީޑަރުންގެ މާބޮޑު މަގުބޫލުކަމެއް ނެތްކަން އަދި އެޕާޓީގެ ލީޑާޝިޕިް އޮތީ ފެއިލްވެފައި ކަމަށް ވެސް ސޯޝަލް މީޑިއާގއި ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.