އެމްޑީޕީ ވެރިކަމުގައި ޕާޓީ މީހުންނަށް ފްލެޓްތައް ބަހާލި މުއާމަލާތްތައް ހިންގި ޗެޓްލޮގެއް ލީކުވެއްޖެ

އެމްޑީޕީ ވެރިކަމުގައި ޕާޓީ އެކްޓިވިސްޓުންނަށް ގެވަޅުތަކާއި ފްލެޓްތައް ބަހާލި މުއާމަލާތްތައް ހިންގި ޗެޓްލޮގެއް ލީކުވެއްޖެއެވެ. ޗެޓްލޮގުގައި ފެންނަނީ އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ބާރުވެރިކަން ހޯދައިގެން ޝަރުތު ހަމަނުވާ، އެމްޑީޕީގެ އެކްޓިވިސްޓުން ފްލެޓް ލިސްޓުގައި ހިމެނުމަށް ކުރާ މުއާމަލާތްތަކެކެވެ. އެ ޗެޓްލޮގުގައި އެމްޑީޕީގެ އެމްޕީ ރޮޒެއިނާގެ މުއާމަލާތްތަކެއް ވެސް ފެންނަން ހުރެއެވެ. ބާރާއި ނުފޫޒު ބޭނުން ކޮށްގެން އެމްޑީޕީ އެކްޓިވިސްޓުން ހިމަނައިގެން ތައްޔާރު ކޮށްފައިވާ ފްލެޓް ލިސްޓް ރިވިއުކުރަން މި ސަރުކާރުން ނިންމުމާއި ގުޅިގެން އެމްޑީޕީން ހިތްހަމަ ނުޖެހުން […]
ވޭޕް މަނާކުރުމާ ދެކޮޅަށް އެމްޑީޕީން މުޒާހަރާ ކޮށްފި

ދިވެހި ރާއްޖޭގައި ވޭޕް އަށް ޑްރަގް އަޅައިގެން ބޮއެ ޒުވާން ޖީލު ހަލާކުވަމުން ދާތީ ސިއްހީދާއިރާ އަދި ތައުލީމީ ދާއިރާ އާއި ބެލެނިވެރިންގެ އިތުރުން އެތައް ރައްޔިތުންގެ ކަންބޮޑުވުމާއެކު ރައީސް މުއިއްޒު ވޭޕް މަނާކުރަން ނިންމުމުން އެކަމާ ދެކޮޅަށް އެމްޑީޕީން މިއަދު މުޒާހަރާ ކޮށްފިއެވެ. މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވީ އެމްޑީޕީ މަޖްލިސް މެމްބަރުންނާއި އެމްޑީޕީގެ އެކްޓިވިސްޓުންނެވެ. ގޯތި ނަމުގައި މުޒާހަރާ ފަށާ އުންމަތުގެ ހައްގުގައި ކަމަށްބުނެ ފަލަސްތީނު ތަމްސީލުވާހެން ވޭޕް ޕްރޮމޯޓު ކޮށް އެމްޑީޕީން ވަނީ އަޑު […]
އަންނަ އަހަރު ނިމޭއިރު، ރާއްޖެ އައު އުސްމިންތަކަށްދާނެ: މައުރޫފް

މި ސަރުކާރުން، ދިވެހި ރާއްޖެ އައު އުސްމިން ތަކަކަށް ގެންދާނެ ކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މަޢުރޫފް ޒާކިރު، ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޓޫރިޒަމާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާޙް ތަކަށް ބަހުސް ކުރައްވަމުން މަޢުރޫފް ވިދާޅުވީ، ޓީޖީއެސްޓީއާއި، ފަތުރުވެރިކަމާއި ގުޅޭ އެހެން ޓެކްސް ބޮޑު ކުރުމާއި، ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް އަޅަންވާނީ ސްޓޭކްހޯޑަރުންނާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ. އަދި […]
އިޒްރޭލަށް ވާގިވެރިވާ ކޮކާކޯލާ އިސްތިހާރު ޖަހައިގެން އަދަދު ނޫހުން އިޒްރޭލް ޕާސްޕޯޓް މަނާކުރަން ގޮވުން. ދެކޮޅު ދިމާވޭތަ؟

ދިވެހިސަރުކާރުން އިޒްރޭލު ޕާސްޕޯޓް ބޭން ނުކޮށްގެން އެކަމަށް އެންމެ ބޮޑަށް ފާޑުކިޔާ އަދި ވަރަށް ބޮޑަށް އިޒްރޭލާއި ދެކޮޅުކަމަށް ދެއްކެން މަސައްކަތްކުރާ “އަދަދު” ނޫހުން އިޒްރޭލަށް އެންމެ ބޮޑަށް ވާގިވެރިވާ “ކޮކާކޯލާ” އިސްތިހާރު ކޮށްގެން ބޮޑު ނަފާ ހޯދަމުން އެބަދެއެވެ. އިޒްރޭލުން ފަލަށްތީނުގައި ގަތުލްއާމް ހިންގަން ފެށިތާ މިހާރު އަހަރަކށްވުރެ ގިނަ ދުވަސްވެފައިވާއިރު، އިޒްރޭލަށް ވާގިވެރިވާ ތަފާތު ވިޔަފާރިތައް ބޮއިކޮޓް ކުރުމުގެ ކެމްޕެއިންތައް މުޅި ދުނިޔޭގައި އަންނަނީ ހިންގަމުންނެވެ. މިގޮތުން ރާއްޖޭގައި ވެސް އެ ކެމްޕެއިން […]
ބޭރު ފަސިންޖަރުން އަތުން ނަގާ ޑިޕާޗާ ޓެކްސް ބޮޑުކުރަނީ

ބޭރު ފަސިންޖަރުން އަތުން ނަގާ ޑިޕާޗާ ޓެކްސް ބޮޑުކުރަނީ ރާއްޖޭގެ އެއާޕޯޓްތަކުން ރާއްޖެއިން ބޭރަށް ފުރާ، ބޭރު ފަސިންޖަރުން އަތުން ނަގަމުން އަންނަ ޑިޕާޗާ ޓެކްސް ބޮޑުކުރަން ސަރުކާރުން ނިންމައިފިއެވެ. މިހާރު އިކޮނޮމީ ކްލާހުން ދަތުރުކުރާ ބޭރު ފަސިންޖަރުން އަތުން ނަގަނީ 30 ޑޮލަރެވެ. މި އަހަރުގެ ޑިސެމްބަރ 1 ވަނަ ދުވަހުން ފެށިގެން އެ އަދަދު 50 ޑޮލަރަށް ބޮޑުކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. ބިޒްނަސް ކްލާހުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން މިހާރު […]
ގްރީން ޓެކްސް ބޮޑުކުރަނީ، އާންމު ރައްޔިތުންނަށް ދައްޗެއް ނެތް.

ފަތުރުވެރިކަމުގެ ވިޔަފާރި އެސްޓަބްލިޝްމަންޓްތަކުން ނަގާ ގްރީން ޓެކްސް ބޮޑުކުރަން ސަރުކާރުން ނިންމި ނަމަވެސް އެކަމުގެ ސަބަބުން އާންމު ރައްޔިތު މީހާގެ ދިރިއުޅުމަށް އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެއެވެ. މިހާރު ގްރީން ޓެކްސްގެ ގޮތުގައި ނަގަމުން ދަނީ ރިސޯޓްތަކާއި އިންޓްގްރޭޓެޑް ރިސޯޓްތަކާއި ޔޮޓް ސަފާރީތަކާއި ގެސްޓްހައުސްތަކާއި ރިސޯޓް ހޮޓާތަކާއި އެނޫންވެސް އެފަދަ ތަންތަނުގައި ފަތުރުވެރިން ހޭދަކުރާ ކޮންމެ ދުވަހަކަށް ބޮލަކަށް 6 ޑޮލަރެވެ. ސަރުކާރުން ނިންމާފައި ވަނީ މި ކެޓަގަރީގައި ހިމެނޭ ތަންތަނުން މިހާރު ނަގަމުން އަންނަ 6 […]
ިއިޒްރޭލަށް ވަރުގަދަ ޑްރޯން ހަމަލާއެއް, 67 ޔަހޫދީއަކު ޒަހަމްކޮށްލައިފި

ހިޒްބުالله އިން އިޒްރޭލަށް އަމާޒުކޮށް ފޮނުވާލި ޑްރޯން ހަމަލާއެއްގައި ގިނަ އަދަދެއްގެ ޔަހޫދީން ޒަހަމްވެއްޖެ އެވެ. އިސްރާއީލުގެ އުތުރުގައި ދިން ޑްރޯން ހަމަލާއެއްގައި 67 މީހުން ޒަޚަމްވެފައިވާ ކަމަށް އިޒްރޭލުގެ މީޑިއާތަކުން ދަނީ ރިޕޯޓް ކުރަމުންނެވެ. މި ހަމަލާ ދީފައިވަނީ އިސްރާއީލުގެ އައްސޭރިފަށުގެ ހައިފާ އާއި ތެލްއަވީވްއާ ދެމެދު އޮންނަ ބިންޔާމިނާ އަވަށަށެވެ. ހިޒްބުالله އިން މި ހަމަލާގެ ޒިންމާ އުފުލާފައިވާއިރު، އެ ޖަމާއަތުން ވަނީ ބިންޔާމިނާގައި ހުންނަ އިސްރާއީލުގެ އަސްކަރީ ތަމްރީނު ކޭމްޕަކަށް އަމާޒުކޮށް ގިނަ […]
މާލެއިން ބިމެއް ވިއްކި މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓްރީގެ ދެ ވެރިއެއްގެ މައްޗަށް ދައުވާކޮށްދޭން އެދިއްޖެ

މާލޭގެ ގޯއްޗަކުން ދައުލަތަށް ލިބިފައިވާ ބައެއް ވިއްކުމުގައި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާތީ ކުރީގެ ހައުސިން މިނިސްޓްރީގެ ދެ އިސްވެރީންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ. މިކަން ހާމަކޮށް އޭސީސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ 2018 ވަނަ އަހަރު މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ނައިބު ނާއިފު ޝައުކަތު (ހ.އަގޮސްޓާ، މާލެ) އާއި އެ މިނިސްޓްރީގެ ކޯޑިނޭޓަރ ޙަސަން ވަޙީދު […]
ރާއްޖެ ޓީވީން ގެނެސްދޭ “ފަށާއިރު” ޕްރޮގްރާމުގައި ތެދު ހެދުމުން އެ ޗެނަލްގެ ސީނިއާ ވީޑިއޯ ޖާނަލިސްޓް ލައިސާ އަހްމަދު ޒަކީގެ ވަޒީފާ ގެއްލިއްޖެއެވެ.

ރާއްޖެ ޓީވީން ގެނެސްދޭ “ފަށާއިރު” ޕްރޮގްރާމުގައި ތެދު ހެދުމުން އެ ޗެނަލްގެ ސީނިއާ ވީޑިއޯ ޖާނަލިސްޓް ލައިސާ އަހްމަދު ޒަކީގެ ވަޒީފާ ގެއްލިއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިދިޔަ މަހު އދ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެ ވަޑައިގަތުމަށް އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އދ ސަލާމަތީ މަޖިލީހުގައި ތަގުރީރު ކުރެއްވިއެވެ. އެއީ މީގެ 59 އަހަރު ކުރިން، އދ.ގެ މެންބަރަކަށް ދިވެހިރާއްޖެ ވީ ފަހުން، ދިވެހިރާއްޖޭގެ ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅަކު، އދ.ގެ […]
ބުންޏޭ ބުންޏޭ ކިޔާގެން މަދުލާރިކޮޅަކަށް ވިކޭ، އަދަދު ނޫސްގެ މަައްސަލަ އެމްއެމްސީއަށް ހުށަހަޅައިފި

ބުންޏޭ ބުންޏޭ އެއްވެސް ހަގީގަތެއް ފެންނާން ނެތް ތުހުމަތުތަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މައްޗަށް ކޮށް އެ މަނިކުފާނުގެ އަބުރުކަތިލައި އަގުވައްޓާލަން މަސައްކަތްކުރާ މީހުން ދައްކާ ހަގީގަތާއި ހިލާފް ވާހަކަތައް ތަހުގީގުކޮށް އެ ފަރާތްތަކަށް ފިޔަވަޅު އަޅައި މުޖުތަމައު ފަސާދައިން ސަލާމަތް ކުރަންވެއްޖެއެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ފަހަތައް ސޮއްސާލީ މަދުލާރިކޮޅަކަށް ވިކޭ، އަދަދު ނޫސްފަދަ ދޮގުހަބަރު ފަތުރާ ނޫސްތަކާއިހުރެ ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ފަހަތަށް ސޮއްސާލީ ބޭރުގެ ފަރާތްތަކުން ފަންޑު ނަގައިގެން އަދަދު ނޫސްފަދަ ނޫސްތަކުން […]