ވަރަށް ތަފާތު މަންޒަރެއް! ސައުދީގައި ހުންނަވައިގެންވެސް ރައީސް ގެންދަވަނީ ގައުމުގެ ކަންކަން ގާތުން ބައްލަވަމުން

Picture of މުޙައްމަދު ޢަލީ

މުޙައްމަދު ޢަލީ

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ސައުދީ އަރަބިއްޔާގައި ހުންނަވައިގެން ވެސް ގައުމުގެ މަސައްކަތްތަކުގައި އަވަދިނެތި އުޅުއްވާތީ އެކަން ގިނަބައެއްގެ ސަމާލުކަމަށް އަތުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ރާއްޖެއިން ފުރާވަޑައިގަތީ މިމަހުގެ ދިހަވަނަ ދުވަހުއެވެ. އުމްރާގެ އަޅުގަން އަދާކުރުމަށް މިވަގުތު ރައީސް ހުންނެވީ ސައުދީ އަރަބިއްޔާގައެވެ. މިއީ ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހާއްސަ މެހެމާންދާރީގައި ރައީސް ކުރައްވާ ދަތުރުފުޅެކެވެ.

ޑރ.މުއިއްޒު ސައުދީގައި ހުންނަވައި ގައުމު ހިންގެވުމުގެ މަސައްކަތުގައި އުޅުއްވާ ފޮޓޯ ސޯޝަލް މީޑިއާގައި އާންމުކޮށް ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މަރިޔަމް ޝިއުނާ ވިދާޅުވީ ވަޒީރުކަމުގައި ވިޔަސް މޭޔަރުކަމުގައި ވިޔަސް ޑރ.މުއިއްޒުއާއި ދޭތެރޭ އޮންނަ ޔަގީންކަމަކީ ޗުއްޓީގައި ހުންނަވައިގެން ވިޔަސް އަދި ރަސްމީ ދަތުރުފުޅެއްގައި ގައުމުން ބޭރުގައި ހުންނެވިކަމުގައި ވިޔަސް ސައުވީސް ގަޑިއިރު އޮފީސް ހިންގަވައި، އަބަދު ވެސް އެ މަނިކްފާން ހުންނަވާނީ ރައްޔިތުންގެ ހިދުމަތުގައި ކަމަށެވެ. ޑރ.މުއިއްޒު ތަފާތުވާ ސަބަބަކީ އެއީކަމަށެވެ. 

ރައީސް ޑރ.މުއިއްޒު ފާހަގަވަނީ އަބަދުވެސް ރައްޔިތުންނާއި ގާތް ގުޅުމެއް ބާއްވައި ރައްޔިތުންނަށް ބޭނުންވާ އެންމެހާ ހިދުމަތްތައް ފޯރުކޮށްދިނުމަށް އަވަދިނެތި މަސައްކަތް ކުރައްވާ ރައީސްއެއް ގޮތުގައެވެ.