އިސްރާއީލު ޕާސްޕޯޓް ރާއްޖޭގައި މަނާ ކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި

އިސްރާއީލު ޕާސްޕޯޓް ރާއްޖޭގައި މަނާ ކުރަން ގާނޫނުތަކަށް ބަދަލު ގެންނަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ. މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވީ، އިސްރާއީލުގެ ޕާސްޕޯޓްގައި ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށްޓަކައި ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހު ގެނައުމަށް މިއަދު ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އަދި ހަމައެއާއެކު އެކަން ކުރިއަށް ގެންދިއުމަށްޓަކައި ވަޒީރުންގެ މަޖިލީހުގެ ކޮމެޓީއެއް އައްޔަން ކުރައްވާފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ. އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ […]
މިދިޔަ މަހު މާލޭން އެކަނި 60 އަންހެނުން ހުއްޝަރިބައި ވެއްޖެ

މިއަހަރުގެ އޭޕްރީލް މަހު ފެމިލީ ކޯޓުން ވަރީގެ 60 މައްސަލަ ނިންމާފައިވާކަމަށް އެ ކޯޓުން ބުނެފި އެވެ. އިއްޔެ އާންމުކުރި އޭޕްރީލް މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ފެމިލީ ކޯޓުން މިދިޔަ އޭޕްރީލް މަހު ވަނީ 144 ކައިވެނިވެސް ކޮށްދީފަ އެވެ. މިދިޔަ މަހު ރީތި ދެ ތާރީހެއް އައެވެ. އެއީ 04.04.24 ގެ އިތުރުން 24.04.24 އެވެ. މި ދެ ތާރީހުގައިވެސް ގިނަ އަދަދެއްގެ ކައިވެނިތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރި އެވެ. ފެމިލީ […]
އެމްޑީޕީގެ ހިންގުން ހަރުދަނާކުރަން އަބްލޯ ޝާހިދު މަޝްވަރާ ކުރަން ދިޔައީ ހަގު އަނބި ގާތަށް!

އެމްޑީޕީގެ ހިންގުން ހަރުދަނާކުރުމަށް އެޕާޓީގެ ރައީސް އަބްދުالله ޝާހިދު އޭނާގެ ހަގު އަނބިކަނބަލުން ޒިފްލީނާ ހަސަންއާއި ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތިނަދޫ ދެކުނު ދާއިރާއަށް ވާދަކުރެއްވި ޒިފްލީނާއާއި ޝާހިދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ޕާޓީގައި އަންހެނުންގެ ދައުރު އިތުރުކޮށް އެކި ހަރަކާތްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މަޝްވަރާކުރެވުނު ކަމަށް ޝާހިދު ވިދާޅުވިއެވެ. މީގެ އިތުރުން ޒިފްލީނާ ވާދަކުރެއްވި ތިނަދޫ ދާއިރާގައި ޕާޓީގެ ހަރަކާތްތައް އިތުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ގޮތަކާއި ބެހޭ ގޮތުން […]
ނަމުގައި ނޫސްވެރިކަން، ކަމުގައި ވިޔަފާރި

ނަމުގައި ނޫސްވެރިކަން، ކަމުގައި ވިޔަފާރި. ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާދާއިރާގައި ލިބިދީފައި އޮތްއިރު އޭގެ ނާޖައިޒް ފައިދާ ނަގާ މީހުން ވަރަށް ގިނައެވެ. އޭގެތެރޭގައި ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފުންނާބު އުސް ފަރާތްތައް ނިސްބަތްވާ ނޫސްތަކުގައި މަސައްކަތްކުރާ އިސް މީހުން ވެސް ހިމެނެއެވެ. މި ކުޅިއަކީ އާންމުކޮށް އެ އިރެއްގައި އޮންނަ ސަރުކާރަކާއި އިދިކޮޅު ފަރާތްތަކުން ހިންގާ ފާޑެއްގެ ވިޔަފާރީގެ މުއާމަލާތެއް ކަމުގައި ބުނެވިދާނެއެވެ. ބޭރު ގައުމުތަކުންނާއި އެތެރެއިން ތަފާތު ފަންޑުތައް ނަގައިގެން […]
ޢިލްމުވެރިންނާއި ބެހޭ ގޮތުން ދޮގު ހަދައި ފުރައްސާރަކުރި އިމާމެއް ސަސްޕެންޑު ކޮށްފި

ޝަހީމް މިރޭ ވިދާޅުވީ ފުވައްމުލަކަށް ނިސްބަތްވާ އެމީހާ އިމާމުވެ ހުކުރު ކުރުން ހުއްޓުވާފައިވާ ކަމަށާ 30 ދުވަހަށް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. ޢިލްމުވެރިންނާއި ބެހޭ ގޮތުން ދޮގު ހަދައި އަދި ޢިލްމުވެރިންނަށް ފުރައްސާރަ ކުރި ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ އިމާމަކު ސަސްޕެންޑު ކޮށްފިއެވެ. ޝަހީމް މިރޭ ވިދާޅުވީ ފުވައްމުލަކަށް ނިސްބަތްވާ އެމީހާ އިމާމުވެ ހުކުރު ކުރުން ހުއްޓުވާފައިވާ ކަމަށާ 30 ދުވަހަށް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. މިހާރަކަށް އައިސް ދީނީ ޢިލްމުވެރިންނާއި ބެހޭގޮތުން ތަފާތު ވާހަކަތައް ދައްކައި މުޖުތަމަޢުގައި ދީނީ […]
ތިނަދޫ ދެކުނު ދާއިރާއަށް އަމިއްލަ ގޮތުން އިންތިހާބުވި އަލްސަން ޕީއެންސީއަށް!

ނިމިދިޔަ މަޖިލިސް އިންތިހާބުގައި ތިނަދޫ ދެކުނު ދާއިރާއަށް އަމިއްލަ ގޮތުން އިންތިހާބުވެވަޑައިގެންނެވި މުހައްމަދު އަލްސަން ވެރިކަން ކުރާ ކޮންގްރެސް ޕާޓީއާއި ގުޅިވަޑައިގެންފި އެވެ. އިންތިހާބީ މެމްބަރު އަލްސަން ޕީއެންސީއާއި ގުޅިވަޑައިގެންނެވީ މިއަދު މުލިއާގޭގައި ބާއްވާ ރަސްމިއްޔާތެއްގައި އެވެ. އެގޮތުން އަލްސަންގެ މެމްބަރޝިޕް ފޯމާއި ހަވާލުވަވަޑައިގެންނެވީ ޕީއެންސީގެ ރައީސް އަދި ރާްއްޖޭގެ ރައީސް ޑރ މުހައްމަދު މުއިއްޒު އެވެ. މިކަން ޕީއެންސީގެ އިސް އޮފިޝަލަކު ދާދި ދެންމެ އަކު ވަނީ ގާފު ނޫހަށް ކަށަވަރުކޮށްދެއްވާފައި އެވެ. އަލްސަން އާއި […]
“އިސްރަށްވެހިންގެ ހިޔާވަހި” އައްޑޫގައި ބިނާ ކުރުމަށް ރައީސް ނިންމަވައިފި

ފެންވަރު ރަނގަޅު ޚިދުމަތްތަކާއެކު، ދޮށީ އުމުރުގެ މީހުންނަށް ހާއްސަ “އިސްރަށްވެހިންގެ ހިޔާވަހި” ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން އައްޑޫ ސިޓީ ފޭދޫގައި ބިނާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. މިއީ ދޮށީ އުމުރުގެ މީހުންގެ ތެރެއިން އާއިލާގެ އަޅާލުން ނުލިބުމުގެ ސަބަބުން ދައުލަތުން ބަލަހައްޓަންޖެހޭ ހާލަތަށްދާ ފަރާތްތަކަށް، އުފާވެރިކަމާއި، ހިތްހަމަޖެހުމާއެކު އުމުރުގެ ބާކީ ދުވަސްތައް ހޭދަކުރެވޭނެ ފަދަ މާހައުލެއް ގާއިމުކުރުމުގެ ގޮތުން ގާއިމް ކުރެވޭނެ ތަނެކެވެ. ރައީސް މިގޮތަށް ނިންމެވީ އިއްޔެ ރައީސް […]
ފިލާފާނެ ކަމުގެ ބިރު އޮތުމުން މައްސަލަ ނިމެންދެން ބައްސާމްގެ ޕާސްޕޯޓް ހިފަހައްޓައިފި

ހިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައިވާ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ފިލައިގެން ގޮސްފާނެ ކަމުގެ ބިރު އެބައޮތް ކަމަށް ދައުލަތުން ބުނެ ހުށަހެޅި ހުށަހެޅުންތަކާ ގުޅިގެން އޭނާގެ ޕާސްޕޯޓް، ޝަރީއަތް ނިމެންދެން ހިފަހައްޓަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ. ބައްސާމްގެ މައްޗަށް އުފުލި ދެ ދައުވާ އެއް ދައުލަތުން ވަނީ އުފުލާފަ އެވެ. އެއީ މަނީލޯންޑަރިންގ ގެ ދައުވާއަކާއި ޚިޔާނާތުގެ ދައުވާ އެކެވެ. ބައްސާމްގެ މައްޗަށް ޚިޔާނާތުގެ ދައުވާ އުފުލާފައިވަނީ ފީފާއިން 2018 ވަނަ […]
މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް މެދު ރާއްޖޭގެ އަތޮޅުތަކަށް އޮރެންޖު އެލާޓު ނެރެފި

ހުޅަނގު މޫސުމުގެ ބާރު ގަދަވެ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މެދުރާއްޖޭގެ އަތޮޅުތަކަށް އޮރެންޖު އެލާޓު ނެރެފި އެވެ. މެޓް އޮފީހުން އޮރެންޖު އެލާޓު ނެރެފައިވަނީ މިއަދު ހަވީރު 5:30 އިން މިރޭ 8:30 އާ ހަމައަށެވެ. މި ވަގުތުތަކުގައި ބ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ގަޑިއަކު 36 މޭލާއި 42 މޭލަށް ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި […]
ރައީސުލްޖުމްހޫރިއްޔާ، “ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް” އުފައްދަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، “ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް” ގެ ނަމުގައި ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއް މިއަދު އުފައްދަވައިފިއެވެ. މި ކުންފުނި އުފައްދަވާފައިވަނީ ޤާނޫނު ނަންބަރު 2023/7 (ކުންފުނީގެ ޤާނޫނު) ގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ. މި ކުންފުންޏަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން […]