ނިމިދިޔަ މަޖިލިސް އިންތިހާބުގައި ތިނަދޫ ދެކުނު ދާއިރާއަށް އަމިއްލަ ގޮތުން އިންތިހާބުވެވަޑައިގެންނެވި މުހައްމަދު އަލްސަން ވެރިކަން ކުރާ ކޮންގްރެސް ޕާޓީއާއި ގުޅިވަޑައިގެންފި އެވެ.
އިންތިހާބީ މެމްބަރު އަލްސަން ޕީއެންސީއާއި ގުޅިވަޑައިގެންނެވީ މިއަދު މުލިއާގޭގައި ބާއްވާ ރަސްމިއްޔާތެއްގައި އެވެ. އެގޮތުން އަލްސަންގެ މެމްބަރޝިޕް ފޯމާއި ހަވާލުވަވަޑައިގެންނެވީ ޕީއެންސީގެ ރައީސް އަދި ރާްއްޖޭގެ ރައީސް ޑރ މުހައްމަދު މުއިއްޒު އެވެ.
މިކަން ޕީއެންސީގެ އިސް އޮފިޝަލަކު ދާދި ދެންމެ އަކު ވަނީ ގާފު ނޫހަށް ކަށަވަރުކޮށްދެއްވާފައި އެވެ.
އަލްސަން އާއި އެކު 20 ވަނަ މަޖިލީހުގައި ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ 75 މެމްބަރުން ތިއްބަވާނެ އެވެ.
އިންތިހާބީ މެމްބަރު އަލްސަންގެ ޓީމުގެ އިސް އޮފިޝަލަކު ގާފު ނޫހަށް މައުލޫމާތު ދެމުން ވިދާޅުވީ އަލްސަން ވެރިކަން ކުރާ ޕީއެންސީއާއި ގުޅުނީ ދާއިރާގެ ރައްޔިތުންގެ ގާތަށް ޒިޔާރާތްކޮށް ހިޔާލުހޯދުމަށް ފަހުގައި ކަމަށެވެ.
އިތުރު ތަފްސީލް އަންނަނީ ..