ސަރުކާރަށް ސިޔާސީގޮތުން މިއަދު ކާމިޔާބީތައް ހާސިލުވަމުންދާ އެންމެ ބޮޑު ސަބަބަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލީޑަރޝިޕްގެ ހަރުދަނާކަމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ވިދާޅުވެއްޖެއެވެ

ސަރުކާރަށް ސިޔާސީގޮތުން މިއަދު ކާމިޔާބީތައް ހާސިލުވަމުންދާ އެންމެ ބޮޑު ސަބަބަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލީޑަރޝިޕްގެ ހަރުދަނާކަމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެންސީގެ މައި ޖަގަހަ “ޕީއެންސީ ހައުސް” ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. “ޕީއެންސީ ހައުސް” ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އަބްދުއްރަހީމް ވަނީ ރާއްޖޭގައި މީގެކުރިން ވެރިކަންކުރެއްވި ބޭފުޅުން ޕާޓީއާއި ސަރުކާރު ހިންގެވި ގޮތާއި ރައީސް މުއިއްޒު ވެރިކަން ހިންގަވާ […]
ސޮވަރިން ފަންޑުގައި 54 މިލިޔަން ޑޮލަރު، އަމާޒަކީ އަހަރު ނިމޭއިރު 100 މިލިއަނަށް އެރުވުން- ރައީސް

ދައުލަތުގެ ދަރަނި އަދާކުރަން ދުރާލާ ތައްޔާރުވާން އުފެއްދި ސޮވަރެންގް ޑިވެލޮޕްމަންޓު ފަންޑުގައި ހުރި ޑޮލަރު އެމްޑީޕީ ސަރުކާރުން ނަގައި 2 މިލިޔަން ޑޮލަރަށް މަދުކޮށްފައިވަނިކޮށް، މި ސަރުކާރުން އެ ފަންޑަށް ފައިސާ ޖަމާކޮށް މިހާރު 54 މިލިޔަން ޑޮލަރު އެބަހުރި ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ޕީއެންސީގެ ޖަގަހަ ހުޅުއްވައިދެއްވަމުން ރައީސް ވިދާޅުވީ، ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު، ދައުލަތުގެ އެތެރޭގެ ދަރަނީގެ ގޮތުގައި ހުރި 11 ބިލިއަން ރުފިޔާ ދެއްކުމަށްފަހު ބޭރުގެ ދަރަނީގެ ގޮތުގައި 2.7 […]
ޔާމީންގެ ގޮތް އެނގިވަޑައިގަންނަވާތީ، މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަން ހޯދައިދިނުމަށް މާ ކުރިން ރާވާފައިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގޮތް އެނގިވަޑައިގަންނަވާތީ، މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަން ހޯދައިދިނުމަށް މާ ކުރިން ރާވާފައިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ. ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ އާ ޖަގަ “ޕީއެންސީ ހައުސް” ހުޅުވުމަށް ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ އެ މަނިކުފާނު، ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް މާ ކުރިން ބައިއަތު ހިފައިގެން ޓިކެޓު ދިން ކަމަށް […]
ފައިސާ ޗާޕުކުރުން ހުއްޓާލައި, މިދިޔަ 7 މަސްތެރޭ 13 ބިލިއަން ރުފިޔާ ދައްކައި ނިންމައިފިން: ރައީސް

ފައިސާ ޗާޕުކުރުން ހުއްޓާލައި އާމްދަނީން ލިބުނު ފައިސާއިން މިދިޔަ 7 މަސްތެރޭގައި އެކި ފަރާތްތަކަށް 13 ބިލިއަން ރުފިޔާ ދައްކައި ނިންމައިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ލީޑަރު އަދި ޕީއެންސީގެ ރައީސް, ރައީސް ޑރ.މުޢިއްޒު މިހެން ވިދާޅުވީ ޕީއެންސީގެ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ކަންކަން އިސްލާހުގެ މަގުން ގެންދިއުމަށް ދިވެހި ރައްޔިތުން ވިސްނަނީ ވަރަށް ވިސްނުންތެރިކަމާއެކަން މިވަނީ ހާމަވެފައި ކަމަށެވެ. […]
ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ޖަގަހަ ރަސްމީކޮށް ހުޅުވައިފި

ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަގަހަ (ޕީއެންސީ ހައުސް) ރަސްމީކޮށް ހުޅުވުމުގެ ހުޅުވައިފިއެވެ. ހޮނިހިރު ދުވަހުގެރޭ 20:30 ގައި ހ.ވެޔޮވިލާގައި ހުންނަ ޕީއެންސީ ޖަގަހަ ރަސްމީކޮށް ހުޅުވައިދެއްވީ ޕީއެންސީގެ ރައީސް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. ޕީއެންސީ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންގެ އިތުރުން، ޕީއެންސީގެ މަޖްލިސް މެމްބަރުންނާއި، ޕްރޮގްރެސިވް ކޮންގްރެސްއަށް ތާއީދުކުރާ ގިނަ ބަޔަކު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. ޕީއެންސީ ޖަގަހަ […]
ޔާމީނު އަކީ ކޮރަޕްޓް ވަގެއްކަމަށް ބުނެ ޔާމީނުގެ ދިފާއުގަ ވަކާލާތުކުރި ޖަމީލު މިސަރުކާރުގެ ކޮރަޕްޝަން ވާހަކަ ދައްކަން ފަށައިފި

ކުރީގެ ރައީސް ޔާމީނު އަކީ ކޮރަޕްޓް ވަގެއްކަމަށް ބުނެ ދައުލަތް ދަވާލި ޔާމީނުގެ ދިފާއުގަ އެންމެ އަޑުހަރުކޮށް ވަކާލާތުކުރި ބޮނޑިބަތް ޖަމީލު މިސަރުކާރުގެ ކޮރަޕްޝަން ވާހަކަ ދައްކަން ފަށައިފިއެވެ. ޖަމީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނީ، ރައީސް މުއިއްޒުގެ ވެރިކަމަށް ވީތީ ކޮރަޕްޝަނާ ވައްކަން ހުއްދަވީތޯއާ އިސްލާމީ ޝަރީޢަތާ އެއްގޮތަށް އަދަބު ދީ އަތް ކަނޑާނަމަ މަންޒަރު ކިހިނެތް ފެންނާނެބާއޭ ޖަމީލުގެ ހިތަށް އަރާ ކަމަށެވެ. އޭނާ ބުނީ ޔާމީނަކީ ވަގެއްކަމަށާއި ޔާމީން ޖަލަށްލާން ޖެހޭ ކަމަށްބުނެ […]
އެކްސްގައި ދީނަށް ފުރައްސާރަކުރި މީހެއްގެ މައްސަލަ ބަލަނީ

އެކްސްގައި ދިވެއްސަކު އިސްލާމްދީނަށް ފުރައްސާރަކުރި ޕޯސްޓެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ. އައިޝަތު ނަޒްހާގެ ނަމުގައިވާ އެކައުންޓަކުން އިއްޔެ ކުރި އެ ޕޯސްޓުގައި ވަނީ ފަރުޟު ހައްޖަކީ ޖޯކެއް ކަމަށް ސިފަކޮށްފަ އެވެ. އެއީ ޔޯގާ ހަރާން ކަމަށް ބުނާތީ ރައްދުގައި ލިޔެފައިވާ އެެއްޗެކެވެ. ހައްޖުގެ އަޅުކަމަށް ނިސްބަތްކޮށް، އޭނާ ފުރައްސާރަކުރި ކަމަށް ބުނެ ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންދަނިކޮށް ފުލުހުން ބުނީ އެކަން އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަން ބަލަމުންދާ ކަމަށެވެ. […]
ޕީއެންސީ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތު މިރޭ 20:30 ގައި

ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަގަހަ (ޕީއެންސީ ހައުސް) ހުޅުވުމުގެ ރަސްމިއްޔާތު އަންނަ ހޮނިހިރު ދުވަހުގެރޭ ބާއްވަން އެ ޕާޓީއިން ނިންމައިފިއެވެ. ޕީއެންސީއިން ބުނީ ހ.ވެޔޮވިލާގައި ހުންނަ އެ ޕާޓީގެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތު ހޮނިހިރު ދުވަހުގެރޭ 20:30 ގައި އޮންނާނެ ކަމަށެވެ. ޖަގަހަ ހުޅުވައިދެއްވާނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު ރައީސް ޑރ.މުޙައްމަދު މުޢިއްޒުއެވެ. ޕީއެންސީއިން ވަނީ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ޕީއެންސީގެ މެމްބަރުން އަދި އެންމެހާ […]
ރައީސް މުއިއްޒު އީދު ޗުއްޓީއަށް ވަޑައިގަތުމުން ފިޔާޒު ނޫސް ހޭރެން ފަށައިފި

ރައީސް ޗުއްޓީއަށް ވަޑައިގަތުމުން “އަދަދު” (ފިޔާޒު) ނޫހުން ލިޔެފައިވަނީ ރައީސްމުއިއްޒުއާއިލާއާއެކުޗުއްޓީއަކަށްލަގްޒަރީރިސޯޓުވެލާއަށްވަޑައިގެންފިކަމަށެވެ.މިފަދައިން ސުރުހީ ޖަހާފައިވަނީ ސީދާ ފިތުނަ ފަތުރަން ކަމަށާއި އެއީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްގެއް ކަމަށްބުނެ ގިނަ ބަޔަކު ދަނީ ދޮންއަމާ ނޫހަށް ފާޑުކިޔަމުންނެވެ. ފިޔާޒު ނޫހަށް ފާޑުކީ ފަރާތަކުން ބުނެފައިވަނީ ބަންދު ހަފްތާއެއްފގައި ޗުއްޓީ ނެގުމަކީ މައްސަލައެއްތޯ އާއި، މީގެ ކުރިން ވެރިކަންކުރި ބޭފުޅުން ދައުރު ނިންމާލީ ޗުއްޓީއެއް ނުނަގާތޯ ސުވާލު އުފެއްދިއެވެ. އަދި ދޮންއަމާ ނޫހުގެ ޗީފް ފިޔާޒް އިބޫ ސޯލިހު ޗުއްޓީއަށް […]
ނާޖައިޒު ފައިދާ ނަގައިގެން ކުށްވެރިން ދޫކޮށްލުން އާދައަކަށް ހެދީ އެމްޑީޕީ ވެރިކަމުގަ ވެރިކަން ނިމެނީކަން ޔަގީންވީމަ.

މާލޭގައި ކުށްކުރުން އިތުރުވެފައި ވަނީ ކުށްވެރިންގެ ގިނަ ބަޔަކު އެއްވެސް ހަމައެއް ނެތި މުޖުތަމައުއަށް ދޫކޮށްލާފައި ވާތީ ކަމަށް ފުލުހުން ތަރުޖަމާން އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ފޮލިސް އަހްމަދު ޝިފާން މިއަދު ވިދާޅުވެއްޖެ އެވެ. ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭގައި ކުށްކުރުން އިތުރުވެފައިވާ ވާހަކަ އަކީ ހަމަ ހަގީގަތެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ކުށްކުރުން އިތުރުވި މައިގަނޑު އެއް ސަބަބަކީ މީގެ 10 ވަރަކަށް މަސްދުވަސް ކުރިން 434 ކުށްވެރިން މުޖުތަމައު […]