މަންމައަށް ހެޔޮކޮށް ނުހިތާނަމަ ﷲ ތަޢާލާ އާއި “ގުޅިފައިވާ” މީހެއް ކަމަކަށް ޤަބޫލެއް ނުކުރެވޭ! މަންމަ ނުބަޔަސް ހެޔޮކޮށް ހިތީމާ ދުނިޔޭގައިވެސް ހެޔޮ ގޮތް މެދުވެރިކުރައްވަވާނެ!: މުފްތީ މެންކް

މައިންބަފައިންނަށް ޚާއްޞަކޮށް މަންމައަށް ހެޔޮކޮށް ނުހިތާނަމަ އެމީހަކީ މިއުންމަތުގެ މީހުންގެ ތެރެއިން ވީނަމަވެސް އުންމަތާއި ވަރަށް ދުރުގައިވާ މީހެކެވެ. އަދި މަންމައަށް ހެޔޮކޮށް ނުހިތާ ދަރިންނަކީ ﷲ ތަޢާލާ އާއި “ގުޅިފައިވާ” މީހެއް ކަމަކަށް އަހުރެން ޤަބޫލެއް ނުކުރާނަމެވެ. އެހެނީ ﷲ ތަޢާލާ އާއި ގުޅިގެން އުޅުމަކީ ﷲ ތަޢާލާގެ އެންގެވުންތަކަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންތެރިވެ ޢަމަލުކުރަމުން ގެންދިއުން ކަމުގައިވާތީއެވެ.  ސަބަބުވެސް ބަޔާންމިކުރަނީއެވެ.   މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ﷲ ތަޢާލާ ވަނީ ކީރިތި ޤުރްއާނުގައި ބަޔާބްކުރައްވަވައިފައެވެ. […]

‎ ‎އެމްޑީޕީން ކުރިއަށް އޮތް ޖީލާމެދު ވިސްނާފައެއް ނެތް، ބަލާފައިވަނީ އެ މީހުންގެ ޖީބައް

ނިމުނު އެމްޑީޕީގެ ސަރުކާރުން ރައްޔިތުންނާއިމެދު ވިސްނާފަ ނެތް ކަމަށާއި، އެ ވެރިކަމުގައި ތިއްބެވި ބޭފުޅުން ބަލާފައިވަނީ އެ ބޭފުޅުންގެ އަމިއްލަ މަންފާއަށް ކަންތައްތައް ކުރުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެ އެވެ. މެމްބަރު ޝާހިދު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދައުލަތުގެ ދަރަންޏާބެހޭ ބިލްގެ ބަހުސް މަރުހަލާގައި ވާހަކަދައްކަވަމުންނެވެ. ޝާހިދު ވިދާޅުވީ ކޮންމެ ސަރުކާރެއްގައިވެސް ހުށަހަޅަނީ ދަރަނި ބޮޑު ބަޖެޓަކަށްވާއިރު، ބޮޑެތި މަޝްރޫތަށް ހިންގުމަށް ދައުލަތު ބޮޑެތި […]

‎ ‎ވިލިނގިލީގެ 46 އަހަރުގެ އަންހެނަކަށް ގާބުރިއަކުން ހަމަލާދިން އެމްޑީޕީ އެކްޓިވިސްޓް ސާޖިދު ހައްޔަރުކޮށްފި

ގއ. ވިލިނގިލީގައި އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖަހައި މާރާމާރީ ހިންގައިފިއެވެ. ފުލުހުން ބުނީ ވިލިނގިލީގައި އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖަހައި މާރާމާރީ  ހިންގި މައްސަލައެއް ދަންވަރުގެ ވަގުތެއްގައި ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި މާރާމާރީގައި އަނިޔާވި 46 އަހަރުގެ އަންހެން މީހާ އަށް ގއ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށްވެސް ބުންޏެވެ. ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ވޮއިސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި […]

އަންހެނަކަށް ހަމަލާ ދީގެން އެމްޑީޕީ އެކްޓިވިސްޓް ސާޖިދު ހައްޔަރުކޮށްފި

އަންހެނަކަށް ހަމަލާ ދީގެން އެމްޑީޕީ އެކްޓިވިސްޓް އަލީ ސާޖިދު ހައްޔަރުކޮށްފިއެވެ. ފުލުހުން މީޑިޔާތަކަށް މައުލޫމާތު ދެމުން ބުނީ ގއ. ވިލިނގިލީގައި އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖަހައި މާރާމާރީ ހިންގި މައްސަލަ ރޭ ދަންވަރުގެ ވަގުތެއްގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ. މާރާމާރީ ގައި އަނިޔާވި 46 އަހަރުގެ އަންހެން މީހާ އަށް ގއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށާއި މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ވެސް ފުލުހުން ބުނެއެވެ. ހައްޔަރު ކުރި މީހާގެ […]

މިއުޅެނީ ކުރީ ސަރުކާރުން ނުކަތާ ވަރަށް ލޯން ނަގައި ގައުމު ދަރުވާލައިގެން: ސަލީމް

އިގްތިސޯދު ގޯސް ވެގެން ނޫޅޭ ކަމަށާއި މައްސަލައަކަށް ވަނީ މިދިޔަ ސަރުކާރުން ނުކަތާ ވަރަށް ލޯނު ނަގައިގެން ގައުމު ދަރުވާލައިގެން އުޅޭތީ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ ސަލީމް މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސަރުކާރުގެ ފިނޭންސް މިނިސްޓަރު، އަހުމަދު އަމީރު ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ. އެގޮތުން އަމީރު ވިދާޅުވީ، އިގްތިސޯދު އޮތީ ރަނގަޅު ހާލަތެއްގައި ކަމަށާއި މި ސަރުކާރަށް މެނޭޖް ކުރަން […]

40 އަހަރު ނުނަގާ ވަރަށް ދަރަނި ނަގައި، ގައުމު އަނދަވަޅަކަށް ވައްޓާލީ ޞާލިހު: ހަމްދާން

މިދިޔަ 40 އަހަރު ތެރޭ ދައުލަތުން ނުނަގާ ވަރަށް ރޭވުންތެރިކަމެއް ނެތި ދަރަނި ނަގައި ގަމުގެ އިގްތިސާދު އަނދަވަޅަކަށް ވައްޓާލާފައިވަނީ ކުރީގެ ރައީސް އިބްރާޙީމް މުހައްމަދު ޞާލިޙް ކަމަށް އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ. ރާއްޖޭގެ އިގްތިޞާދީ ހާލަތާއި ގުޅޭ ގޮތުން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ހަމްދާން ވިދާޅުވީ، ރައީސް ޞާލިހު، ގަމުގެ އިގްތިސާދު އަނދަވަޅަކަށް ވައްޓާލާފައިވާ ކަމީ ބަދަލު ނުވާނެ ހަގީގަތެއް ކަމަށެވެ. މިއަދުގެ ރައީސް، ރައީސް ޑރ.މުޢިއްޒު ދަނީ ރޭވުން […]

ހަސަން ކުރުސީނަގާފަ ދެން ގައުމައް ޖެހިފަހުރި ބާލާވެރިކަމަކީ އަދަދު. ގައުމިއްޔަތު ނެތިކޮށްލުމަށް ތަކުރާރުކޮށް ފިލާތިބެ މިފަދަ ފަރާތްތަކުން ކުރާ ނޭއްގާނީ މަސައްކަތްތަކުގެ ސަބަބުން މިއަދު ގައުމިއްޔަތަށް މިވަނީ ވަރަށް ބޮޑަށް ލޮޅުން އަރާފައެވެ.

ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާދާއިރާގައި ލިބިދީފައި އޮތްއިރު އޭގެ ނާޖައިޒް ފައިދާ ނަގާ މީހުން ވަރަށް ގިނައެވެ. އޭގެތެރޭގައި ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފުންނާބު އުސް ފަރާތްތައް ނިސްބަތްވާ ނޫސްތަކުގައި މަސައްކަތްކުރާ އިސް މީހުން ވެސް ހިމެނެއެވެ. މި ކުޅިއަކީ އާންމުކޮށް އެ އިރެއްގައި އޮންނަ ސަރުކާރަކާއި އިދިކޮޅު ފަރާތްތަކުން ހިންގާ ފާޑެއްގެ ވިޔަފާރީގެ މުއާމަލާތެއް ކަމުގައި ބުނެވިދާނެއެވެ. ބޭރު ގައުމުތަކުންނާއި އެތެރެއިން ތަފާތު ފަންޑުތައް ނަގައިގެން ސަރުކާރު އިނދަޖައްސާލައި އަގުވައްޓާލަން މިފަދަ […]

އިހުސާން މި ދެއްކެވީ މިނިސްޓަރެއްގެ ހުންނަންވީ ގަޓު

މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން މީޑިއާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވިއެވެ. އެ ދުވަހު އިސްކަންދަރު ކޮށީގައި މީޑިއާތަކުގެ އެޑިޓަރުންގެ ކުރިމަތީގައި ކަންކަން އިސްލާހުކުރައްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ. އެކަމަކު، އެއީ މީގެ ކުރިން ވަޑައިގެން ވަޒީރުން ވެސް ކެނޑި ފޮންޏެއް ވީމާ އެ ދުވަހު މާ ބޮޑު ސަމާލުކަމެއް ނުލިބެއެވެ. މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހުގައި އެ ދުވަހު އިސްކަންދަރު ކޮށީގައި ދެއްކެވި ވާހަކަތަކަކީ ފޮންޏެއް ނޫންކަން ޔަގީންވީ ރޭ އިއުލާނުކުރެއްވި އޮޕަރޭޝަނުންނެވެ. […]

މަސްވެރިކަމާއި ގުޅޭގޮތުން ބުހުތާނު ދޮގު ފުންޏެއް ޔާމީން ހައްދަވައިފިއެވެ.

މަސްވެރިކަމާއި ގުޅޭގޮތުން ރައީސް އަބްދުﷲ ޔާމީން ދޮގު ފުންޏެއް ހައްދަވައިފިއެވެ. މަސްވެރިކަމާއި ގުޅޭގޮތުން ބުހުތާނު ދޮގުތައް ރައީސް ޔާމީން ހައްދަވާފައި ވަނީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންއެފް) ގެ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެ މަނިކުފާންގެ ސަރުކާރުގައި މަސްވެރިން މުޒާހަރާ ނުކުރާ ކަމަށާއި، މަސްވެރިންނަށް ލިބެންޖެހޭ ފައިސާ އޮންނާނީ ހަމައަށް ލިބިފައި ކަމަށެވެ. މަސްވެރިންނަށް ފައިސާ ލިބުމުގެ ދައްޗެއް އުޅޭތީ މަސްވެރިންނަށް ކްރެޑިކް ކާޑެއް […]

ސަރުކާރު ކުންފުނިތަކުން ވައްކަން ކުރި މީހުންގެ ހަތަރެސްފައި ކަނޑަން ވިލިނގިލި މެމްބަރު ގޮވާލައިފި

ކުރީ ސަރުކާރުގައި، ސަރުކާރުގެ ކުންފުނިތަކުން ވައްކަން ކުރި މީހުންގެ ހަތަރެސްފައި ކަނޑަން ވިލިނގިލި ދާއިރާގެ މެމްބަރު އާޒިމް އަބްދުލް އަޒީޒު ގޮވާލައްވައިފިއެވެ. ފެނަކަ އިން މިދިޔަ ސަރުކާރުގެ ތެރޭގައި ހިންގާފައިވާ ތުހުމަތު ކުރެވޭ ކަރަޕްޝަންގެ މައްސަލަތައް ބެލުމަށް ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވާހަކަ ދައްކަވަމުން، ބުދަ ދުވަހު މަޖިލީހުގެ ތަޅުމުގައި މެމްބަރު އާޒިމް ވިދާޅުވީ، ހަތަރެސްފައި ކަނޑާ އެމީހުން ޖަލަށް ލައިގެން ނޫނީ ދުވަހަކުވެސް މި ކަމަށް ހައްލެއް […]