މަސްވެރިކަމާއި ގުޅޭގޮތުން ބުހުތާނު ދޮގު ފުންޏެއް ޔާމީން ހައްދަވައިފިއެވެ.

Picture of މުޙައްމަދު ޢަލީ

މުޙައްމަދު ޢަލީ

މަސްވެރިކަމާއި ގުޅޭގޮތުން ރައީސް އަބްދުﷲ ޔާމީން ދޮގު ފުންޏެއް ހައްދަވައިފިއެވެ.

މަސްވެރިކަމާއި ގުޅޭގޮތުން ބުހުތާނު ދޮގުތައް ރައީސް ޔާމީން ހައްދަވާފައި ވަނީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންއެފް) ގެ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެ މަނިކުފާންގެ ސަރުކާރުގައި މަސްވެރިން މުޒާހަރާ ނުކުރާ ކަމަށާއި، މަސްވެރިންނަށް ލިބެންޖެހޭ ފައިސާ އޮންނާނީ ހަމައަށް ލިބިފައި ކަމަށެވެ.

މަސްވެރިންނަށް ފައިސާ ލިބުމުގެ ދައްޗެއް އުޅޭތީ މަސްވެރިންނަށް ކްރެޑިކް ކާޑެއް ވެސް ހަދައިދިން ކަމަށާއި، އެ ކާޑު މެދުވެރިކޮށް މަސްވެރިންގެ ރަށްރަށުގައި ހުރި ފިހާރަތަކުން ކްރެޑިޓަށް ބޭނުން އެއްޗެއް ގަނެވޭނެ ކަމަށާއި، މަސްވެރިންނަށް ބޭނުންވާ ފައިސާ ދުވަހުން ދުވަހަށް ފޯރުކޮށް ނުދެވިއްޖެ ހާލަތެއްގައި އެ ކާޑުން ބޭނުން ކުރެވޭނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ނަމަވެސް ތަރީހަށް ބަލައިލުމުން ރައީސް ޔާމީން ތަކުރާރުކޮށް ހައްދަވާފައި ވަނީ ދޮގުކަން ފެންނަން އެބައޮތެވެ. ރައީސް ޔާމީން އެ ވިދާޅުވާ ކްރެޑިޓް ކާޑެއް ލިބުނު އެއްވެސް މަސްވެރިއެއް ރާއްޖޭގައި ނެތްއިރު، 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގަންނަންވެގެން ބެޔަސް ނުބެޔަސް ކޮންމެ މަސްވެރިއަކަށް މަހަކު ދޭންބުނި 10000 (ދިހަހާސް) ރުފިޔާގެ ވައުދު ވެސް މުޅި ދައުރު ނިމުނު އިރު އޮތީ ނުފުއްދަވައެވެ.

މަސްވެރިން މުޒާހަރާ ނުކުރައްވާކަމަށް ވިދާޅުވި ނަމަވެސް 2017 ވަނަ އަހަރު ތެރޭ މިފްކޯއަށް މަސްނުކިރިގެން މަސްވެރިން މަސްތައް ކަނޑައް އަޅާލި ހާދިސާތައް ވަނީ ހިނގާފައެވެ. އަދި ހަމަ އެ އަހަރު ރައީސް ޔާމީން ކޫއްޑޫއަށް ކުރެއްވި ދަތުރާއި ދިމާކޮށް ގއ.އަތޮޅުގެ މަސްވެރިން ކޫއްޑޫ ސަރަހައްދުގެ ކަނޑުމަތީގައި މަސްދޯނިތަކުގައި ބޮޑު މުޒާހަރާއެއް ވެސް ވަނީ ބާއްވާފައެވެ.