ބައި އިލެކްޝަންގެ ނަތީޖާ އިން ފެނުނީ ރައީސްގެ ތާއީދު އިތުރުވާތަން

މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކުގެ ބައި އިލެކްޝަންގެ ނަތީޖާ އިން ފެނުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތާއީދު އިތުރުވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ. މިއަދު ބޭއްވި ހަ ދާއިރާގެ ބައި އިލެކްޝަންގެ ތެރެއިން، ޕީއެންސީން ވަނީ ފަސް ދާއިރާއެއްގެ ގޮނޑި ކާމިޔާބު ކޮށްފަ އެވެ. އިދިކޮޅު އެމްޑީޕީ އަށް އެންމެ ގޮނޑިއެއް ވެސް ނުލިބެ އެވެ. ޕީއެންސީ އަށް ގެއްލުނު ރ. ރަސްމާދޫ […]
އެމްޑީޕީ ބައްޔަކަށްފަހު ބައްޔެއް: ކައުންސިލް ބައިއިލެކްޝަން ޕީއެންސީއަށް

މިއަދު ބޭއްވުނު މާލޭ ސިޓީ ކައުންސިލް ބައި އިލެކްޝަންގައި މާލޭ ދާއިރާގެ 3 ގޮނޑިވެސް އެމްޑީީޕީ ބަލިކޮށް ޕީއެންސީން ކާމިޔާބުކޮށްފިއެވެ. އިދިކޮޅު އެމްޑީޕީގެ ކެނޑިޑޭޓުންނާއި ވާދަކޮށް ކޮންގްރެސް ޕާޓީގެ ކެނޑިޑޭޓުންނެވެ. އެގޮތުން ފާތިމަތު ޝައުފާ ސަލީމް ހެންވޭރު ހުޅަނގު ދާއިރާ ކާމިޔާބުކުރިއިރު, ފާތިމަތު އިޝާން އަލީ ވަނީ މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައެވެ. އަދި ހުޅުމާލޭ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެނޑިޑޭޓް އަލީ އައިމަން އެވެ. އިދިކޮޅު އެމްޑީޕީއިން އަންނަނީ ބައްޔަކަށް ފަހު […]
ރާއްޖޭން މިވަގުތަށް އެންމެ ބޭނުންވާ ކަންކަމަށް އެއްބާރުލުން ދޭނަން: ޗައިނާ ސަފީރު

ރާއްޖޭން މިވަގުތަށް އެންމެ ކުރަން ބޭނުންވާ ކަންތައްތަކަށް ޗައިނާ ސަރުކާރަށް ވެދެވެން އޮތް އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލިޒިން ވިދާޅުވެއްޖެއެވެ. ޗައިނާ ސަފީރު މިފަދައިން ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަރިހަށް މިއަދު ކުރެއްވި އިޙުތިރާމުގެ ޒިޔާރަތުގައެވެ. މިބައްދަލު ކުރެއްވުމުގައި ޗައިނާ ސަފީރު ވަނީ، ރައީސް އެގައުމަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުގެ ލީޑަރުން މަޝްވަރާ ކުރެއްވި ކަންކަމާއި އެއްބަސްވެވަޑައިގެންފައި ހުރި ކަންކަން ތަންފީޒުކޮށް ހަލުވި […]
އެމްޑީޕީގެ ތިނަދޫ ދެކުނު ދާއިރާގެ ރައީސް ޖެންޑާ މިނިސްޓްރީގެ ކުރީގެ ސްޓޭޓު މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދެވަނަ އަނބިކަނބަލުން ޒިފްލީނާ ހަސަން 3.5 މިލިއަން ރުފިޔާއަށް ހުޅުމާލެއިން އެޕާޓުމެންޓެއް ބައްލަވައިގަނެފި އެވެ.

އެމްޑީޕީގެ ތިނަދޫ ދެކުނު ދާއިރާގެ ރައީސް ޖެންޑާ މިނިސްޓްރީގެ ކުރީގެ ސްޓޭޓު މިނިސްޓަރު ޒިފްލީނާ ހަސަން 3.5 މިލިއަން ރުފިޔާއަށް ހުޅުމާލެއިން އެޕާޓުމެންޓެއް ބައްލަވައިގަނެފި އެވެ. އިދިކޮޅު އެމްޑީޕީގެ ރައީސް އަދި ކުރީގެ ހާރިޖީވަޒީރު އަބްދުﷲ ޝާހިދުގެ ދެވަނަ އަނބިކަނބަލުންކަމަށް އަޑުފެތުރިފައިވާ ޒިފްލީނާ ބައްލަވައިގަަތީ އެފްޑަބްލިއު ރެޒިޑެންސްގެ ފުލެޓެކެވެ. އެ ފުލެޓަކީ 1،235.42 އަކަފޫޓުގެ ބޮޑުމިނުގެ އެޕާޓުމެންޓެކެވެ. އެ އެޕާޓުމެންޓު ބައްލަވައިގަތީ އެޗްޑީސީންނެވެ. އެޗްޑީސީން އެ ޕާޓުމެންޓު ބައްލަވައިގަތުމަށްފަހު އެޕާޓުމެންޓުގެ މިލްކުވެރިކަން ޒިފްލީނާގެ ނަންފުޅު މައްޗަށް ބަދަލުކުރެއްވުމަށް […]
އެމްޑީޕީގެ ގައުމީ މަޖިލީހަށް ވާދަކުރުމުގެ ފުރުސަތު ރީކޯ މޫސައަކަށް ނުދިން

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން (ރީކޯ) މޫސާ މަނިކާ މެދު އެ ޕާޓީން އެޅި ފިޔަވަޅަށް ބަދަލެއް ގެންނަން ނުފެންނަ ކަމަށް އެ ޕާޓީން ނިންމައިފިއެވެ. މޫސަ އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ އެމްޑީޕީގެ އިންތިޚާބާ ބެހޭ ކޮމިޓީން އޭނާއަށް އަންގާފައިވާ އެންގުމެއް ހިއްސާކުރައްވާފައެވެ. އޭގައިވަނީ އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީއަށް ހުށަހެޅި މޫސަގެ މައްސަލަ ބެލުމަށް ފަހު، އެ ޕާޓީން އޭނާ ވަކި ކުރުމަށް ނިންމި ނިންމުމުގައި، އޭނާ އަލުން އެ ޕާޓީއަށް ވަދެވަޑައިގެންފިނަމަ، އެ ދުވަހުން ފެށިގެން ފަސް […]
އެމްއެމްޕީއާރްސީ ކޮރަޕްޝަން ހިންގި މީހުންނަށް އަދަބުދީ، އެ ފައިސާ އަނބުރާ ހޯދާނަން: މުއިއްޒު

އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލަ ބަލައި އެ ކޮރަޕްޝަން ހިންގި މީހުންނަށް ހަގު އަދަބުދީ، ރައްޔތުންގެ ފައިސާ އަނބުރާ ހޯދަން ކުރެވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިރޭ ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެމްއެމްޕީއާރްސީ ކޮރަޕްޝަންގައި ބައިވެރިވި މީހަކު ސާބިތުވާން ޖެހޭނީ އިންސާފުވެރިކަމާ އެކީގައި ކަމަށާއި އެ ކޮރަޕްޝަންގައި ބައިވެރިވި މީހެއް ކަމުގައި ވާ ނަމަ އެމީހަކަށް ފިޔަވަޅު އެޅެން ޖެހޭނެ […]
ކުރީ ސަރުކާރު.. ކުރީ ސަރުކާރު…” އެމްޑީޕީ ހަރުގެ ޖަލްސާއަށް ދިޔައީ 52 މީހުން!

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން “ކުރީ ސަރުކާރު” ނަމުގައި މީރޭ ބާއްވާ ހަރުގެ ޖަލްސާއަށް ތަރުހީބެއް ނުލިބި ޖަލްސާގައި ބައިވެރިވާނެ ބަޔަކު ނުވިއެވެ. ރާއްޖޭގެ އެންމެ ބޮޑު އެއްޕާޓީ އަދި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާ އެމްޑީޕީގެ ހަރުގެ ޖަލްސާއަށް ހާޒިރުވެފައިވަނީ ޖުމްލަ 52 މީހުންނެވެ. މީގެތެރޭގައި ގިނައީ އެމްޑީޕީގެ އިސްވެރިންނާއި ސޯޝަލްމީޑިއާ އެކްޓިވިސްޓުންކަން ފާހަގަކޮށްލެވެއެވެ. އެމްޑީޕީގެ ސަރުކާރުގައި ހިންގި ބޮޑެތި ކޮރަޕްޝަންތަކާއި ދައުލަތް ރިކޯޑް އަދަދަކުން ދަރުވާލިވާހަކަ އޮއްބާލައި ފޮރުވުމަށްޓަކައި އެމްޑީޕީން މިފަހަކަށް އައިސް […]
އަމީރަކީ ގައުމަށް ޣައްދާރުވި މީހެއް، ހައްޔަރުކުރަން ޖެހޭ: ސަލީމް

މިދިޔަ އެމްޑީޕީ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރައްވާފައިވާ އިބްރާހިމް އަމީރު ވަނީ ގައުމަށް ‘ޣައްދާރު’ ވެފައި ކަމަށާއި އޭނާ ހައްޔަރުކޮށް މައްސަލަ ޝަރީއަތަށް ފޮނުވަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެއެވެ. ސަލީމަކީ ސަރުކާރުގެ މައި ޕާޓީ ޕީއެންސީގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ، މަޖިލީހުގައި 15 އަހަރު ހޭދަކުރެއްވި އެންމެ ދުވަސްވީ އެއް މެންބަރެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ދައުލަތުގެ ދަރަންޏާ ބެހޭ ބިލަށް […]
އެމްޑީޕީގެ މާމަ ގޮތުގައި އެޕާޓީން ބަލާ 60 އަހަރުގެ މާރިޔާ ޤައުމީ މަޖިލީހަށް ކުރިމަތިލަނީ

އެމްޑީޕީން އާ ޖީލެއް އުފެއްދުމަށް ކުރާ މަސައްކަތުގައި ކުރީގެ ޑިފެންސް މިނިސްޓަރ އުމުރުން 60 އަހަރުގެ މާރިޔާ އަހްމަދު ދީދީގެ ތަޖުރިބާ އާއި ލަފާ އެމްޑީޕީގެ ގައުމީ މަޖިލީހަށް ބޭނުންވާނެ ކަމަށް ބުނެ ގައުމީ މަޖިލީހަށް ކުރިމަތިލާން އޭނާ ނިންމައިފިއެވެ. އެމްޑީޕީގެ މާމަ ގޮތުގައި އެޕާޓީން ބަލާ މާރިޔާ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޤައުމު މިއޮތް ހާލަތުން އަރައިގަނެ އެމްޑީޕީން އައު ޖީލެއް އުފެއްދުމަށް ކުރާ މަސައްކަތުގައި އޭނާގެ ތަޖްރިބާ އާއި ލަފާ ޤައުމީ މަޖްލިސް […]
ތުރުކީން ގެނައި ފުށް، ރޮށިފިހެގެން ކެވުނުއިރުވެސް ނޭނގުނު

ކާޑުގެ ބާވަތްތަކަށް ރާއްޖެ ގެނައުމަށް އެއް ޤައުމަކަށް ގޮސް ހުސްވެފައި އޮތްއޮތުން ނިމުމަކަށް ގެންނަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ މީގެކުރިން ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވުމަށްފަހު، ޑރ.މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ޤައުމަކީ ތުރުކީވިލާތެވެ. ރައީސް ޑރ.މުއިއްޒު ތުރުކީއަށް ކުރެއްވި ޒިޔާރަތުގައި ރާއްޖޭގެ ކަމާބެހޭ އިދާރާއިން ވަނީ ތުރުކީން ރާއްޖެއަށް ކާޑުގެ ބާވަތްތައް ގެނައުމުގެ އެއްބަސްވުމުގައި އެޤައުމާއެކު ސޮއިކޮށްފައެވެ. މިކަމާއި ގުޅޭގޮތުން ރައީސް ވިދާޅުވެފައިވަނީ ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް ކަމަށްވާ […]