ގައުމީ ނިޝާން ވެއްޓުނަ ނުދެއްވި، ރައީސްގެ ހުޝިޔާރުކަމާއެކު މާނަ ފުން މަންޒަރެއް!

ރޭ ބޭއްވި މިނިވަން ދުވަހުގެ ޖަލްސާގައި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިނާމާއި ހަނދާނީ ފިލާ ހަވާލުކުރެއްވުމުގެ ތެރޭގައި ހިނގައި ދިޔަ ކަމަކަށް ގިނަ ބައެއްގެ ސަމާލުކަން ދަނީ ލިބެމުންނެވެ. ހަނދާނީ ފިލައާއެކު ހުއްޓިވަޑައިގެން ފޮޓޯ ނެންގެވުމަށްފަހު، އެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅެެއްގެ އަތްޕުޅަށް ރައީސް ހަނދާނީ ފިލާ ހަވާލުކުރައްވަން އުޅުއްވުމުގެ ތެރޭގައި އިނާމު ލިބިވަޑައިގަތް ބޭފުޅާއަށް ރަނގަޅަށް އޭގައި ނުހިފި، ފިލާ ވެއްޓެން އުޅުމުން ރައީސް ކުއްލިއަކަށް […]
ރާއްޖެއަށް ފުޅާ ދާއިރާއެއްގައި ޑްރަގް އެތެރެކުރާ އަށެއްކަ ނެޓްވޯކް ދެނެގަނެވިއްޖެ: މިނިސްޓަރު

ރާއްޖެއަށް ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކޮށް، ވިއްކާ އަށެއްކަ ނެޓްވޯކް އުޅޭ ކަމަށާއި އެ މީހުންނާ ދެކޮޅަށް ހެކި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އިއްޔެ ވިދާޅުވެއްޖެ އެވެ. އިހުސާން “މިހާރު” އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަ ހައްލުވާނީ އެކަމުގެ އަޑީގައި ތިބި މީހުން ހުއްޓުވުމުން ކަމަށެވެ. އެހެންވެ، ފާއިތުވި ދުވަސްތަކުގައި ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މަސްތުވާތަކެތީގެ މުލުގައި ތިބި މީހުން ދެނެގަނެވިފައިވާ […]
ސިނަމާލެ ބުރިޖުން ފީއެއް ނެގުމަކީ އެ މަނިކުފާނުގެ ސިޔާސަތެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބުރިޖުން ފީ ނެގުމަކީ އަޅުގަނޑުގެ ސިޔާސަތެއް ނޫން: ރައީސް އެކްސްގައި ރައީސް މިއަދު ވިދާޅުވީ ބުރިޖުން ޓޯލް ނެގުމަކީ އެ މަނިކުފާނުގެ ސިޔާސަތެއް ނޫން ކަމަށާއި، “ރޭ އިއުލާން ކުރެވުނު “މާލެ ފަހި” ޕްލޭންގައި ޓޯލް ނެގުމާމެދު ދިރާސާއެއް ކުރުމަށް ހިމަނާފައިވަނީ ފަންނީ ލެވެލްގައި އެކަމުގެ ލަފާ އެ މަނިކުފާނަށް އެރުވުމުގެ ގޮތުން ކަމަށެެވެ. ރައީސް ވިދާޅުވީ އެގޮތުން ލިބޭ ފަންނީ ލަފާގައި ޓޯލް ނަގަން ހުށަހެޅުން އަޔަސް، މާލެ ސިޓީގެ މަގުތައް އެއްކޮށް ރަނގަޅު ފެންވަރަކަށް […]
ރާއްޖޭގައި ކޮންމެ ފިރިހެނަކަށް އަންހެނެއް ނެތް!

ރާއްޖޭގެ އާބާދީގެ ކޮންމެ ފިރިހެނަކަށް އަންހެނެއް ނެތްކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ދުނިޔޭގެ އާބާދީ ދުވަހާ ގުޅިގެން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ކޮންމެ 103 ފިރިހެނަކަށް ތިބީ 100 އަންހެނުންނެވެ. ރާއްޖޭގެ ޖުމުލަ އާބާދީއަކީ 515,132 އެވެ. މީގެ ތެރެއިން ދިވެހިންގެ އާބާދީ އަކީ 382,639 މީހުންނެވެ. ބާކީ 132,493 މީހުންނަކީ ބިދޭސީންނެވެ. ޖުމުލަ އާބާދީގެ ތެރެއިން ފިރިހެނުންގެ އާބާދީއަކީ 311,994 އެވެ. މިއީ ޖުމުލަ އާބާދީގެ 61 […]
ރައްޔިތުން ވޯޓު ލާން ނުނިކުންނަނީ އެމްޑީޕީގެ ލީޑަރޝިޕަށް އިތުބާރު ނުކުރާތީ: އަމްރު

އަމްރު މިހެން ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ ބައެއް ދާއިރާތަކަށް މެމްބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ އީސީން އާންމު ކުރުމާއެކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އަމްރު ވިދާޅުވީ، ވޯޓުލީ މީހުންގެ އަދަދު 12 އިންސައްތައަށް ވެއްޓުމުން، މީހަކު ހޮވުމުގެ މާނައެއް ނެތް ކަމަށެވެ. “މީހުން ވޯޓު ލާން ނުނިކުންނަ އެއް ސަބަބަކީ ޕާޓީތަކުގެ ލީޑަރޝިޕްގައި ތިބި މީހުންނަށް ރައްޔިތުންގެ އިތުބާރު ގެއްލިފަވާތީ. ބަދަލު ނުވެ ދާނަމަ ނިޒާމު އެކީ ގެއްލި ހިނގައިދާނެ.” އެމްޑީޕީގެ ލީޑަރޝިޕަށް […]
ކޮންމެ އިންތިޚާބަކުން ބަލިވީމަ ކޮމެޓީއެއް ހަދައިގެން އިންތިހާބުން ބަލިވި ގޮތް ދިރާސާކުރުމަކީ އެމްޑީޕީގެ މިހާރުގެ ވެރިން މަގާމުގައި ދެމިތިބެން ހަދާ މަކަރެއް: މޫސާ މަނިކު

އިންތިހާބުތަކުން ބަލިވީމަ ކޮމެޓީއެއް ހަދައިގެން އިންތިހާބުން ބަލިވިގޮތް ދިރާސާ ކުރުމަކީ އެމްޑީޕީ މިހާރުގެ ވެރިން މަގާމުގައި ދެމިތިބެން ހަދާ މަކަރެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ. “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި މޫސަ ވިދާޅުވީ، އިއްޔެ ބޭއްވި އިންތިހާބުގެ ދިރާސާ ވަރަށް ސާފު ކަމަށާއި ޕާޓީގެ ވެރިން ކަންތައްތަކެއް ފޮރުވަންވެގެން ބަޔަކު ރުއްސަން އުޅެނީ ކަމަށެވެ. އިއްޔެ ބޭއްވި ހަ ދާއިރާއެއްގެ ބައި އިލެކްޝަނުން އެމްޑީޕީ ނާކާމިޔާބުވުމާ ގުޅިގެން މޫސަ ކުރެެއްވި ޕޯސްޓެއްގައި […]
އެމްޑީޕީގެ ތިނަދޫ ދެކުނު ދާއިރާގެ ރައީސް ޖެންޑާ މިނިސްޓްރީގެ ކުރީގެ ސްޓޭޓު މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދެވަނަ އަނބިކަނބަލުން ދަރިފުޅުގެ ނަމުގައި ވެސް ޒިފްލީނާ 3.8 މިލިއަނަށް ފްލެޓެއް ގަނެފި

އަދަދު ނިއުސް” އަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި ޒިފްލީނާގެ ދަރިފުޅު އައިޝަތު މިސްކްގެ ނަމުގައި ފްލެޓެއް ގަތީ އާރްސީސީ އިން ހުޅުމާލޭގައި ތަރައްގީ ކުރި ބްލޫ ހެވަން ރެސިޑެންސްއިންނެވެ. 3.2 މިލިއަނަށް ވިއްކާ ފްލެޓް ޒިފްލީނާގެ ދަރިފުޅު 3.8 މިލިއަނަށް ގަތީ ފްލެޓަށް ބައެއް ބަދަލުތައް ގެންނަން ބޭނުންވުމުން އެބަދަލުތައް ގެނެސްގެންނެވެ. އާއްމުކޮށް އެ ފްލެޓް ވިއްކާ އަގަށްވުރެ ފްލެޓްގެ އަގު ބޮޑުވީ އަމިއްލައަށް ގެންނަން ބޭނުންވި ބައެއް ބަދަލުތައް ގެނައުމުންނެވެ. އެބަދަލުތައް ފްލެޓަށް ގެނައީ ވެސް […]
ޔާމީނުގެ ހުސްގޮނޑިއާއި ފޮޓޯގަނޑު ނުލާ އަނެއްކާވެސް ރައީސް މުޢިއްޒު ބޮޑު ކާމިޔާބީއެއް ހޯދައިފި!

ކުރީގެ ރައީސް ޔާމީނުގެ ފޮޓޯއާއި ހުސް ގޮނޑި ނުލާ މިއަދު ކުރިއަށް ދިޔަ ބައި-އިލެކްޝަންގައި ވާދަކޮށް ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއިން ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މިއީ ރައީސް މުއިއްޒު ޔާމީނާ ނުލާ ސިޔާސީ މައިދާނުގައި ވިދިވިދިގެން ކާމިޔާބު ހޯއްދެވި 4 ވަނަ އިންތިޚާބެވެ. މޭޔަރު އިންތިޚާބު، ރިޔާސީ އިންތިޚާބު، މަޖްލިސް އިންތިޚާބު އަދި ކައުންސިލްތަކުގެ ބައި އިލެކްޝަން ރައީސް މުއިއްޒު މިވަނީ ބޮޑު ތަފާތަކުން ކާމިޔާބު ކޮށްފައެވެ. މިއަދުގެ އިންތިޚާބުން މާލޭ ސިޓީ ކައުންސިލްގެ […]
ބައި އިލެކްޝަންގެ ނަތީޖާ އިން ފެނުނީ ރައީސްގެ ތާއީދު އިތުރުވާތަން

މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކުގެ ބައި އިލެކްޝަންގެ ނަތީޖާ އިން ފެނުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތާއީދު އިތުރުވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ. މިއަދު ބޭއްވި ހަ ދާއިރާގެ ބައި އިލެކްޝަންގެ ތެރެއިން، ޕީއެންސީން ވަނީ ފަސް ދާއިރާއެއްގެ ގޮނޑި ކާމިޔާބު ކޮށްފަ އެވެ. އިދިކޮޅު އެމްޑީޕީ އަށް އެންމެ ގޮނޑިއެއް ވެސް ނުލިބެ އެވެ. ޕީއެންސީ އަށް ގެއްލުނު ރ. ރަސްމާދޫ […]
އެމްޑީޕީ ބައްޔަކަށްފަހު ބައްޔެއް: ކައުންސިލް ބައިއިލެކްޝަން ޕީއެންސީއަށް

މިއަދު ބޭއްވުނު މާލޭ ސިޓީ ކައުންސިލް ބައި އިލެކްޝަންގައި މާލޭ ދާއިރާގެ 3 ގޮނޑިވެސް އެމްޑީީޕީ ބަލިކޮށް ޕީއެންސީން ކާމިޔާބުކޮށްފިއެވެ. އިދިކޮޅު އެމްޑީޕީގެ ކެނޑިޑޭޓުންނާއި ވާދަކޮށް ކޮންގްރެސް ޕާޓީގެ ކެނޑިޑޭޓުންނެވެ. އެގޮތުން ފާތިމަތު ޝައުފާ ސަލީމް ހެންވޭރު ހުޅަނގު ދާއިރާ ކާމިޔާބުކުރިއިރު, ފާތިމަތު އިޝާން އަލީ ވަނީ މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައެވެ. އަދި ހުޅުމާލޭ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެނޑިޑޭޓް އަލީ އައިމަން އެވެ. އިދިކޮޅު އެމްޑީޕީއިން އަންނަނީ ބައްޔަކަށް ފަހު […]