އެމްޑީޕީ ބައްޔަކަށްފަހު ބައްޔެއް: ކައުންސިލް ބައިއިލެކްޝަން ޕީއެންސީއަށް

Picture of މުޙައްމަދު ޢަލީ

މުޙައްމަދު ޢަލީ

މިއަދު ބޭއްވުނު މާލޭ ސިޓީ ކައުންސިލް ބައި އިލެކްޝަންގައި މާލޭ ދާއިރާގެ 3 ގޮނޑިވެސް އެމްޑީީޕީ ބަލިކޮށް ޕީއެންސީން ކާމިޔާބުކޮށްފިއެވެ.

އިދިކޮޅު އެމްޑީޕީގެ ކެނޑިޑޭޓުންނާއި ވާދަކޮށް ކޮންގްރެސް ޕާޓީގެ ކެނޑިޑޭޓުންނެވެ. އެގޮތުން ފާތިމަތު ޝައުފާ ސަލީމް ހެންވޭރު ހުޅަނގު ދާއިރާ ކާމިޔާބުކުރިއިރު, ފާތިމަތު އިޝާން އަލީ ވަނީ މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައެވެ. އަދި ހުޅުމާލޭ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެނޑިޑޭޓް އަލީ އައިމަން އެވެ.

އިދިކޮޅު އެމްޑީޕީއިން އަންނަނީ ބައްޔަކަށް ފަހު ބައްޔަކާ ކުރިމަތިލަމުންނެވެ. ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބުން ބަލިވުމުން އެމްޑީޕީން ވަނީ އިންތިޚާބުން ބަލިވާ ސަބަބު ބެލުމަށް ދިރާސާއެއްވެސް ހަދަން ފަށާފައެވެ.