ސިނަމާލެ ބުރިޖުން ފީއެއް ނެގުމަކީ އެ މަނިކުފާނުގެ ސިޔާސަތެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Picture of މުޙައްމަދު ޢަލީ

މުޙައްމަދު ޢަލީ

ބުރިޖުން ފީ ނެގުމަކީ އަޅުގަނޑުގެ ސިޔާސަތެއް ނޫން: ރައީސް

އެކްސްގައި ރައީސް މިއަދު ވިދާޅުވީ ބުރިޖުން ޓޯލް ނެގުމަކީ އެ މަނިކުފާނުގެ ސިޔާސަތެއް ނޫން ކަމަށާއި، “ރޭ އިއުލާން ކުރެވުނު “މާލެ ފަހި” ޕްލޭންގައި ޓޯލް ނެގުމާމެދު ދިރާސާއެއް ކުރުމަށް ހިމަނާފައިވަނީ ފަންނީ ލެވެލްގައި އެކަމުގެ ލަފާ އެ މަނިކުފާނަށް އެރުވުމުގެ ގޮތުން ކަމަށެެވެ.

ރައީސް ވިދާޅުވީ އެގޮތުން ލިބޭ ފަންނީ ލަފާގައި ޓޯލް ނަގަން ހުށަހެޅުން އަޔަސް، މާލެ ސިޓީގެ މަގުތައް އެއްކޮށް ރަނގަޅު ފެންވަރަކަށް ހަދާ ނިމުމުގެ ކުރިން އަދި އެކަށީގެންވާ މިންވަރަކަށް ޕާކިންގެ މައްސަލަ ހައްލު ވުމުގެ ކުރިން ޓޯލް ނަގަން ނުފަށާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

 

މީގެ އިތުރުން، ގައުމާއި ރައްޔިތުންގެ އިގްތިސާދީ ހާލަތު އެކަށީގެންވާ ފެންވަރަކަށް މަތިވުމުގެ ކުރިން ވެސް ޓޯޯލް ނަގަން ނުފަށާނެ ކަމަށް ވިދާޅުވިއެވެ.

ރޭޓާ މާލެ މަގުތަކުގެ ރައްކާތެރިކަމާއި އަމާންކަމަށް، “މާލެ ފަހި” ޕްރޮގްރާމް އިފްތިތާހު ކުރުމަށް ރޭ ބޭއްވި ޖަލްސާ ގައި ބްރިޖާއި ހައިވޭތަކަށް ޓޯލް ފީއެއް ތައާރަފު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. އަދި އެކަމަށް އަންނަ މަހު ދިރާސާއެއް ކުރުމަށް އެ ޕްރޮގްރާމްގައިވެއެވެ.