ރައީސް މުއިއްޒު އީދު ޗުއްޓީއަށް ވަޑައިގަތުމުން ފިޔާޒު ނޫސް ހޭރެން ފަށައިފި

Picture of މުޙައްމަދު ޢަލީ

މުޙައްމަދު ޢަލީ

ރައީސް ޗުއްޓީއަށް ވަޑައިގަތުމުން “އަދަދު” (ފިޔާޒު) ނޫހުން ލިޔެފައިވަނީ ރައީސްމުއިއްޒުއާއިލާއާއެކުޗުއްޓީއަކަށްލަގްޒަރީރިސޯޓުވެލާއަށްވަޑައިގެންފިކަމަށެވެ.މިފަދައިން ސުރުހީ ޖަހާފައިވަނީ ސީދާ ފިތުނަ ފަތުރަން ކަމަށާއި އެއީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްގެއް ކަމަށްބުނެ ގިނަ ބަޔަކު ދަނީ ދޮންއަމާ ނޫހަށް ފާޑުކިޔަމުންނެވެ.

ފިޔާޒު ނޫހަށް ފާޑުކީ ފަރާތަކުން ބުނެފައިވަނީ ބަންދު ހަފްތާއެއްފގައި ޗުއްޓީ ނެގުމަކީ މައްސަލައެއްތޯ އާއި، މީގެ ކުރިން ވެރިކަންކުރި ބޭފުޅުން ދައުރު ނިންމާލީ ޗުއްޓީއެއް ނުނަގާތޯ ސުވާލު އުފެއްދިއެވެ. އަދި ދޮންއަމާ ނޫހުގެ ޗީފް ފިޔާޒް⁩ އިބޫ ސޯލިހު ޗުއްޓީއަށް ދިޔައިމަ ހަބަރުގަ ޖެހީ ކިތައްފަހަރުތޯ ސުވާލުއުފެއްދިއެވެ.

މީގެ އިތުރުން ބާރަށު ދާއިރާގެ މެމްބަރު ޝުޖާ ކުރި ޓްވީޓެއްގައި ބުނީ ރައީސުލްޖުމްހޫރިއްޔާ އަށް ޗުއްޓީ އޮންނަ ކަމަށާއި، ޗުއްޓީ ނެގޭނެކަމަށެވެ. އަދި ދޮންއަމާ ނޫހުގެ އެ ޚަބަރުގެ ގޭސް ބަޔަކީ ”ލަގްޒަރީ“ ކަމަށާއި، ރައީސުލް ޖުމްހޫރިއްޔާ އަކީ 100,000.00ރުފިޔާ މުސާރަ ލިބޭ ފަރާތެއްކަން ޝުޖާ ފިޔާޒުއަށް ހަނދާންކޮށްދިނެވެ.

‏މިއާއިއެކު ޝުޖާ ބުނީ ރައީސް ⁦ މުއިއްޒު⁩އަކީ ވައްކަން ކުރާނެ ބޭފުޅެއްނޫން ކަން ދިވެހިން ޤަބޫލް ކުރާ ކަމަށާއި، ރައީސް މުޢިއްޒު މާސާފުވާނެ ކަމަށެވެ.