ޕީއެންސީ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތު މިރޭ 20:30 ގައި

Picture of މުޙައްމަދު ޢަލީ

މުޙައްމަދު ޢަލީ

ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަގަހަ (ޕީއެންސީ ހައުސް) ހުޅުވުމުގެ ރަސްމިއްޔާތު އަންނަ ހޮނިހިރު ދުވަހުގެރޭ ބާއްވަން އެ ޕާޓީއިން ނިންމައިފިއެވެ.

ޕީއެންސީއިން ބުނީ ހ.ވެޔޮވިލާގައި ހުންނަ އެ ޕާޓީގެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތު ހޮނިހިރު ދުވަހުގެރޭ 20:30 ގައި އޮންނާނެ ކަމަށެވެ.

ޖަގަހަ ހުޅުވައިދެއްވާނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު ރައީސް ޑރ.މުޙައްމަދު މުޢިއްޒުއެވެ.

ޕީއެންސީއިން ވަނީ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ޕީއެންސީގެ މެމްބަރުން އަދި އެންމެހާ ދިވެހިރައްޔިތުންނަށް ދަޢުވަތު އަރުވައިފައެވެ.

ޕީއެންސީ ޖަގަހަ ހުޅުވާ އިމާރާތަކީ މީގެ ކުރިން އެމްޑީޕީ އަދި ޑިމޮކްރެޓްސް ޖަގަހަ ހިންގި އިމާރާތެވެ