ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތަފާތު ދައްކަވާނީ ތެދުވެރިކަމާއި އިހުލާސްތެރިކަމާއިއެކު ނަތީޖާނެރެގެން ކަމުގައި ރައީސްގެ ހާއްސަ މުޝީރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް ޑރ.މުއިއްޒު އަބަދުވެސް އިސްކުރައްވާނީ ދިވެހި ރައްޔިތުންނާއި ދިވެހި ގައުމުކަމަށާއި މަސައްކަތް ކުރައްވާނީ ރައްޔިތުންގެ އަޑު އައްސަވައިގެން ރައްޔިތުންނާއި ގާތުންކަމަށެވެ.
ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައި ދެއްވުމަކީ އެމަނިކުފާނުގެ އަމާޒެއްކަމަށާއި، ރައްޔިތުން ދެއްވި އިތުބާރު އެމަނިކްފާނު ދަމަހައްޓާނީ ރައްޔިތުންނަށް އިތުބާރު ދެއްވައިގެން ކަމުގައި އަބަދުރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ގައުމު ކުރިއަށް ގެންދަނީ ގައުމުގެ މުއްސަނދިކަމަކީ ރައްޔިތުންގެ ހައްގެންކަން ދެނެތިބެކަ