އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގައި ފިރިހެން ޓީމަށް ރިހި މެޑަލް، އަންހެން ޓީމަށް ލޯ މެޑަލް
ދިވެހިރާއްޖޭގައި މިހާރު ކުރިއަށްދާ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގެ ޓީމު އިވެންޓު ބައިން ރާއްޖޭގެ ފިރިހެން ކެރަމް ޓީމުން ރިހި މެޑަލް ހޯދިއިރު, އަންހެން ޓީމުން ލޯ މެޑަލް ހޯދައިފި އެވެ. ސޯޝަލް ސެންޓަރުގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލުން ރާއްޖޭގެ ފިރިހެން ޓީމު ޖާގަ ހޯދީ, 2-1 ގެ ނަތީޖާ އަކުން ބަންގްލަދޭޝް ބަލިކުރުމަށްފަހުގަ އެވެ. ފައިނަލުގައި ރާއްޖެ ވާދަކުރަން ޖެހުނީ ދުނިޔޭގެ ޗެމްޕިއަން އިންޑިއާ އާއި ދެކޮޅަށެވެ. ފައިނަލުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާ […]