ފޭކް ހަބަރު ފެތުރުމަކީ ނޫސްވެރިކަމަށް ވެސް އޮތް ހުތުރެއް

Picture of މުޙައްމަދު ޢަލީ

މުޙައްމަދު ޢަލީ

 

ފޭކް އެކައުންޓު އަމިއްލައަށް ހަދައިގެން ރާއްޖެ ޓިީވީ ނޫސް ރޯކޮށްލާނެކަމަށް ބުނެ ކޮމެންޓްކޮށް އެ ކޮމެންޓަށް ހަބަރު ހެދުމަކީ ނޫސްވެރިކަމެއް ނޫން. އެއްވެސް އަސްލެއް ނެތް ފޭކް އެކައުންޓުން ކޮށްލާ ކޮމެންޓަކީ ވެލުއު ކުރެވޭ އެއްޗަކަށް ހަދައިގެން ބޮޑެތި ސުރުހީ ޖަހައިގެން އެހެން މަންޒަރެއް ދައްކަން އުޅުމަކީ ނޫސްވެރިކަމަށް ވެސް ކުރެވޭ މަލާމާތެއް، ޖެއްސުމެއް،

އެއީ ގައުމުގައި ފިތުނަ އުފެއްދުން، އެއީ ރައްޔިތުންގެ އިތުބާރު ހޯދާފައިވާ ސަރުކާރުގެ އަގުވައްޓާލަން މަސައްކަތްކުރުން، ސަރުކާރާއި ޖެހިގަނެގެން ދޮގު ހަބަރު ފަތުރާނަމަ އެކަމާއި ދެކޮޅަށް ނުކުންނާނެ މީހުން މިގައުމުގައި ތިބޭނެ، އެ ގޮންޖެހުން އެ ބަޔަކާއި ދިމާއަށް ވެސް އަންނާނެ.