ނޫސްތަކަށް އިންޒާރުދެނީ ނޫސްތަކުގެ ވެރިން އުފައްދައިގެން އުޅޭ ފޭކް އެކައުންޓްތަކުން

Picture of މުޙައްމަދު ޢަލީ

މުޙައްމަދު ޢަލީ

ދިވެހި ނޫސްތަކަށް ނުވަތަ ޓީވީ ސްޓޭޝަންތަކަށް އިންޒާރުގެ މެސެޖްތައް ދެނީ، ސަރުކާރާއި އިދިކޮޅު ނޫސްތަކުގެ ވެރިން އުފައްދާ ފޭކް އެކައުންޓް ތަކުންނެވެ.

ފޭކް އެކައުންޓް ހަދައިގެން ސަރުކާރަށް ޕްރެޝާކުރުމަށް ތަފާތު ވާހަކަތައް އުފެއްދުމަކީ ޑިމޮކްރަސީގައި، ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ބޭނުން ކުރަމުން އަންނަ އުކުޅެކެވެ.

އެއީ މުޖުތަމައުގައި ބައިބައިވުން އުފައްދުމަށާއި ސަރުކާރުގެ އަގުވައްޓާލައި މުޖުތަމައު ފަސާދަ ކުރުމަށް ތަންތަނުން ފަންޑު ނަގައިގެން ނޫސްވެރިންގެ ނަމުގައި ހިންގަމުން އަންނަ މުޑުދާރު އަމަލެކެވެ.

މިކަން ކުރީގައި ވެސް މިހާރު ވެސް މި ރާއްޖޭގައި އަންނަނީ ހިނގަމުންނެވެ. ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ބޮޑެތި ނޫސްތަކުން މި ޗައްކަރު ޖަހައި ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް އަންނަނީ ކުރަމުންނެވެ. ދިވެހިން މިކަމަށް ހޭއަރައި ތިބެން ޖެހެއެވެ.

އިއްޔެގަވެސް ފޭކް އެކައުންޓު އަމިއްލައަށް ހަދައިގެން ރާއްޖެޓީވީ ނޫސް ރޯކޮށްލާނެކަމަށް ބުނެ ކޮމެންޓްކޮށް އެ ކޮމެންޓަށް ހަބަރު ހެދުމަކީ ނޫސްވެރިކަމެއް ނޫން. އެއްވެސް އަސްލެއް ނެތް ފޭކް އެކައުންޓުން ކޮށްލާ ކޮމެންޓަކީ ވެލުއު ކުރެވޭ އެއްޗަކަށް ހަދައިގެން ބޮޑެތި ސުރުހީ ޖަހައިގެން އެހެން މަންޒަރެއް ދައްކަން އުޅުމަކީ ނޫސްވެރިކަމަށް ވެސް ކުރެވޭ މަލާމާތެއް، ޖެއްސުމެއް،