ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ފަހަތައް ސޮއްސާލީ މަދުލާރިކޮޅަކަށް ވިކޭ، އަދަދު ނޫސްފަދަ ދޮގުހަބަރު ފަތުރާ ނޫސްތަކާއިހުރެ

Picture of މުޙައްމަދު ޢަލީ

މުޙައްމަދު ޢަލީ

ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ފަހަތަށް ސޮއްސާލީ ބޭރުގެ ފަރާތްތަކުން ފަންޑު ނަގައިގެން އަދަދު ނޫސްފަދަ ނޫސްތަކުން ސަރުކާރާއި ދެކޮޅަށް ފެތުރި ދޮގުހަބަރުތަކުގެ ސަބަބުންނެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ވަނީ ހަ ދަރަޖަ ފަހަތަށް ވެއްޓިފައެވެ. ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ވަޒަންކުރާ “ރިޕޯޓާސް ވިތައުޓް ބޯޑާސް” އިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުގައި ބުނާގޮތުން ރާއްޖެ މިވަގުތު އޮތީ ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ވަޒަންކުރާ ލިސްޓުގެ 106 ވަނާގައެވެ.

ސަރުކާރަށް ޖެއްސުން ކުރުމާއި ސަރުކާރާއި ގުޅޭގޮތުން ދޮގު ހަބަރު ފެތުރުމާއި ސަރުކާރުގެ އިތުބާރު ގެއްލުވާލުމަށް، އަދަދު ނޫހުން އަންނަނީ ތަކުރާރުކޮށް ހަބަރުލިޔެ ޝާއިއު ކުރަމުންނެވެ. މިގޮތުން އެ ނޫހުން ވަނީ ދިވެހި ސަރުކާރުން ނޫސްތަކަށް އިންޒާރުދޭކަމަށް ދެއްކުމަށްޓަކައި ވަގު އައިޑީތައް ކްރިއޭޓްކޮށް ޕޯސްޓްޖަހައި އަދި އެވަރުން ނުވެގެން ފޭކް އައިޑީތަކުން ކޮމެންޓްކޮށް އެއީ މާބޮޑު ހަބަރެއްކަމަށް މުޅި ދުނިޔެއަށް ދައްކަން މަސައްކަތްކޮށްފައެވެ.

މަދު ލާރިކޮޅަކަށް ވިކޭ އަދަދު ނޫސްފަދަ ނޫސްތަކުގެ ސަބަބުން ރާއްޖޭގެ ނޫސްވެރިކަމަށް ވެސް އަދި އެހެނިހެން ގޮތްގޮތުން ވެސް އަންނަނީ ގެއްލުންވަމުންނެވެ. މިއީ ގައުމަށް ގައްދާރުވުމެވެ.