އިންމުގެ ފަރާތުން ފެނިގެންދިޔައީ އަޅާލުމާއި އޯގާތެރިކަން

Picture of މުޙައްމަދު ޢަލީ

މުޙައްމަދު ޢަލީ

އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ދަތުރުކުރެއްވި ކާރުގައި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓާއި ގުޅިގެން އެކަން މަސަލަސް ކުރުމަށްޓަކައި ހެންވޭރު ދެކުނު ދާއިރާއަށް އަލަށް އިންތިހާބުވި އިމްރާން ލަތީފު (އިންމު) ކުރެއްވި މަސައްކަތަށް ގިނަބައެއްގެ ލޯތްބާއި ތާއީދު ލިބެމުން އެބަދެއެވެ.

ޝެއިހް އިމްރާންގެ ކާރުގައި ޕިކަޕެއްޖެހި ހިނގި އެކްސިޑެންޓާއި ގުޅިގެން ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯގައި، ޕިކަޕްގެ ޑްރައިވަރުގެ ކޮންޑަށް އަތްލައި ގާތްކޮށްލައިގެން ހުރެ އިންމު، ޝެއިހް އިމްރާންގެ އަރިހުން އެދެނީ އެ ބޭބެއަށް މާފްކޮށްދިނުމަށެވެ. މާފްކޮށްދޭން ބޭނުންނުވާނަމަ ޝެއިހްގެ ކާރު މަރާމާތު ކުރުމަށް ހިނގާ ހުރިހާ ހަރަދެއް އިންމުގެ އަމިއްލަ ޖީބުން ކުރައްވާނެކަމަށް އިންމު ވިދާޅުވެއެވެ.

މިކަމާއި ގުޅެގޮތުން ޝުއޫރު ފާޅުކޮށް ސޯޝަލް މީޑިއާގައި މީހަކު ލިޔެފައިވެއެވެ. “މާޝާ الله މިއީ އަޅުގަނޑު މެން ދިވެހި ރައްޔިތުން ބޭނުންވާ މަޖިލިސް މެމްބަރުންގެ ގައިގައި ހުއްނަންޖެހޭ ސިފަތަކަކީ. ތިއީ ހަމަ ހަޤީގަތުގައިވެސް ރައްޔިތުންދެކެ ލޯބިވާ ރައްޔިތުންގެ ހައްޤުގައި ވަކާލާތު ކުރައްވާނެ ބޭފުޅެއްކަން ޔަޤީން” 

މާލޭގެ މަގުތަކަކީ ކާރޫބާރޫ ބޮޑު މަގުތަކަކަށް ވެފައި، ހިނގާ މިފަދަ ކުދި އެކްސިޑެންޓްތަކުގައި ދައުވާ ކުރުމާއި ހިސާބަށް ނުގެންގޮސް ވާހަކަ ދައްކާލައިގެން ނިންމާލުމަކީ ޑްރައިވަރުންގެ ގޮތުގައި އުޅޭ ފުދުންތެރިކަން ކުޑަފަރާތްތަކަށް އޮތް ލިޔެއްކަން ޔަގީނެވެ.