އެކްސްގައި ދިވެއްސަކު އިސްލާމްދީނަށް ފުރައްސާރަކުރި ޕޯސްޓެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
އައިޝަތު ނަޒްހާގެ ނަމުގައިވާ އެކައުންޓަކުން އިއްޔެ ކުރި އެ ޕޯސްޓުގައި ވަނީ ފަރުޟު ހައްޖަކީ ޖޯކެއް ކަމަށް ސިފަކޮށްފަ އެވެ. އެއީ ޔޯގާ ހަރާން ކަމަށް ބުނާތީ ރައްދުގައި ލިޔެފައިވާ އެެއްޗެކެވެ.
ހައްޖުގެ އަޅުކަމަށް ނިސްބަތްކޮށް، އޭނާ ފުރައްސާރަކުރި ކަމަށް ބުނެ ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންދަނިކޮށް ފުލުހުން ބުނީ އެކަން އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަން ބަލަމުންދާ ކަމަށެވެ.
ފުލުހުން އެ މައްސަލަ ބަލަމުންދާ ކަމަށް ބުނިއިރު އެ ޕޯސްޓަށް ކޮމެންޓްކުރި އިތުރު އެކައުންޓަކުން ވެސް ވަނީ އިސްލާމު ދީނަށް ވަރަށް ބޮޑަށް ފުރައްސާރަކޮށް ކޮމެންޓްތަކެއް ކޮށްފަ އެވެ.
މީގެ ކުރިން ވެސް ސޯޝަލް މީޑިއާގައި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި މިގޮތަށް ދީނަށް ފުރައްސާރަކޮށްފައިވެ އެވެެ.