އިގްތިސޯދު ގޯސް ވެގެން ނޫޅޭ ކަމަށާއި މައްސަލައަކަށް ވަނީ މިދިޔަ ސަރުކާރުން ނުކަތާ ވަރަށް ލޯނު ނަގައިގެން ގައުމު ދަރުވާލައިގެން އުޅޭތީ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ
ސަލީމް މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސަރުކާރުގެ ފިނޭންސް މިނިސްޓަރު، އަހުމަދު އަމީރު ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ. އެގޮތުން އަމީރު ވިދާޅުވީ، އިގްތިސޯދު އޮތީ ރަނގަޅު ހާލަތެއްގައި ކަމަށާއި މި ސަރުކާރަށް މެނޭޖް ކުރަން ނޭނގޭ ކަމަށެވެ.
އަމީރުގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން “އެކްސް”ގައި ޕޯސްޓެއްގައި ސަލީމް ވިދާޅުވީ، މި ސަރުކާރުން އިގްތިސޯދު ގޯސްވެގެން ނޫޅޭ ކަމަށާއި އުޅެނީ ނިމިދިޔަ ސަރުކާރުން ނުކަތާ ވަރަށް ލޯނު ނަގައިގެން ގައުމު ދަރުވާލައިގެން ކަމަށެވެ. އަދި މިކަމުގެ ހުރިހާ ޒިންމާއެއް އަމީރު ނަގަން ޖެހޭނެ ކަމަށް ސަލީމް ވިދާޅުވިއެވެ.
ސަަލީމް ކުރީ ސަރުކާރުން ފަސް އަހަރު ވަންދެން ފައިސާ ޗާޕު ކުރިކަން ފާހަގަކޮށް، އެއީ މެނޭޖް ކުރި ގޮތްތޯ ވެސް ސުވާލު ކުރައްްވާފައެވެ.
“މިއުޅެނީ އިގްތިސޯދު ގޯސްވެގެނެއް ނޫން. މިއުޅެނީ ނުކަތާ ވަރަށް ލޯނު ނަގައިގެން ގައުމު ދަރުވާލައިގެން. މީގެ ހުރިހާ ޒިންމާއެއް އަމީރު ނަގަން ޖެހޭނެ. ފަސް އަހަރު ވަންދެން ފައިސާ ޗާޕު ކުރީ، މިއީދޯ މެނޭޖް ކުރަ ގޮތަކީ. ދެރައީ ލަހު ހަޔާތް ނުގަންނާތީ” ސަލީމް ވިދާޅުވިއެވެ.