އަންހެނަކަށް ހަމަލާ ދީގެން އެމްޑީޕީ އެކްޓިވިސްޓް އަލީ ސާޖިދު ހައްޔަރުކޮށްފިއެވެ.
ފުލުހުން މީޑިޔާތަކަށް މައުލޫމާތު ދެމުން ބުނީ ގއ. ވިލިނގިލީގައި އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖަހައި މާރާމާރީ ހިންގި މައްސަލަ ރޭ ދަންވަރުގެ ވަގުތެއްގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މާރާމާރީ ގައި އަނިޔާވި 46 އަހަރުގެ އަންހެން މީހާ އަށް ގއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށާއި މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ވެސް ފުލުހުން ބުނެއެވެ. ހައްޔަރު ކުރި މީހާގެ ވަނަވަރު ފުލުހުން އާއްމުނުކުރި ނަމަވެސް “ދިޔަރެސް” އަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި މާރާމާރީ އާއި ގުޅިގެން ހައްޔަރު ކުރީ އެމްޑީޕީގެ އެކްޓިވިސްޓް ސާޖިދު އެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.