‎ ‎ވިލިނގިލީގެ 46 އަހަރުގެ އަންހެނަކަށް ގާބުރިއަކުން ހަމަލާދިން އެމްޑީޕީ އެކްޓިވިސްޓް ސާޖިދު ހައްޔަރުކޮށްފި

Picture of މުޙައްމަދު ޢަލީ

މުޙައްމަދު ޢަލީ

ގއ. ވިލިނގިލީގައި އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖަހައި މާރާމާރީ ހިންގައިފިއެވެ.

ފުލުހުން ބުނީ ވިލިނގިލީގައި އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖަހައި މާރާމާރީ  ހިންގި މައްސަލައެއް ދަންވަރުގެ ވަގުތެއްގައި ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އަދި މާރާމާރީގައި އަނިޔާވި 46 އަހަރުގެ އަންހެން މީހާ އަށް ގއ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ވޮއިސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ އެމްޑީޕީ އެކްޓިވިސްޓެއް ކަމަށްވާ އަލީ ސާޖިދެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.