މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން “ކުރީ ސަރުކާރު” ނަމުގައި މީރޭ ބާއްވާ ހަރުގެ ޖަލްސާއަށް ތަރުހީބެއް ނުލިބި ޖަލްސާގައި ބައިވެރިވާނެ ބަޔަކު ނުވިއެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއްޕާޓީ އަދި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާ އެމްޑީޕީގެ ހަރުގެ ޖަލްސާއަށް ހާޒިރުވެފައިވަނީ ޖުމްލަ 52 މީހުންނެވެ. މީގެތެރޭގައި ގިނައީ އެމްޑީޕީގެ އިސްވެރިންނާއި ސޯޝަލްމީޑިއާ އެކްޓިވިސްޓުންކަން ފާހަގަކޮށްލެވެއެވެ.
އެމްޑީޕީގެ ސަރުކާރުގައި ހިންގި ބޮޑެތި ކޮރަޕްޝަންތަކާއި ދައުލަތް ރިކޯޑް އަދަދަކުން ދަރުވާލިވާހަކަ އޮއްބާލައި ފޮރުވުމަށްޓަކައި އެމްޑީޕީން މިފަހަކަށް އައިސް ހިންގަމުންދާ ހަރަކާތްތަކުގެ ތެރެއިން މިރޭ ބާއްވަމުންދާ ޖަލްސާއަކީ ސޯޝަލްމީޑިއާގައި އިޢުލާންކޮށްގެން ވަރަށް ބޮޑަށް އިސްތިހާރުކޮށްގެން ބޭއްވި ޖަލްސާއެކެވެ.
- އެމްޑީޕީއިން ދަނީ ނިމިގެންދިޔަ އެޕާޓީގެ ވެރިކަމުގައި ދައުލަތުގެ ދަރަނި އިންތިހާއަށް އިތުރުކޮށް، ރާއްޖެ މާލީ ބޮޑު އަނދަވަޅަކަށް ވައްޓާލި ވައްޓާލުން ރައްޔިތުންނަށް އޮޅުވާލަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެމްޑީޕީގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ ނޫސްވެރިންނާއި ބައްދަލުކޮށް ޕްރެޒެންޓޭޝަނެއްގެ އެހީގައި ރައްޔިތުންނަށް އޮޅުވާލައި ގިނަ ދޮގުތަކެއް ހަދާފައެވެ.