‎އެމްޑީޕީގެ ތިނަދޫ ދެކުނު ދާއިރާގެ ރައީސް ޖެންޑާ މިނިސްޓްރީގެ ކުރީގެ ސްޓޭޓު މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދެވަނަ އަނބިކަނބަލުން ޒިފްލީނާ ހަސަން 3.5 މިލިއަން ރުފިޔާއަށް ހުޅުމާލެއިން އެޕާޓުމެންޓެއް ބައްލަވައިގަނެފި އެވެ. 

Picture of މުޙައްމަދު ޢަލީ

މުޙައްމަދު ޢަލީ

އެމްޑީޕީގެ ތިނަދޫ ދެކުނު ދާއިރާގެ ރައީސް ޖެންޑާ މިނިސްޓްރީގެ ކުރީގެ ސްޓޭޓު މިނިސްޓަރު ޒިފްލީނާ ހަސަން 3.5 މިލިއަން ރުފިޔާއަށް ހުޅުމާލެއިން އެޕާޓުމެންޓެއް ބައްލަވައިގަނެފި އެވެ.

އިދިކޮޅު އެމްޑީޕީގެ ރައީސް އަދި ކުރީގެ ހާރިޖީވަޒީރު އަބްދުﷲ ޝާހިދުގެ ދެވަނަ އަނބިކަނބަލުންކަމަށް އަޑުފެތުރިފައިވާ ޒިފްލީނާ ބައްލަވައިގަަތީ އެފްޑަބްލިއު ރެޒިޑެންސްގެ ފުލެޓެކެވެ. އެ ފުލެޓަކީ 1،235.42 އަކަފޫޓުގެ ބޮޑުމިނުގެ އެޕާޓުމެންޓެކެވެ.

އެ އެޕާޓުމެންޓު ބައްލަވައިގަތީ އެޗްޑީސީންނެވެ. އެޗްޑީސީން އެ ޕާޓުމެންޓު ބައްލަވައިގަތުމަށްފަހު އެޕާޓުމެންޓުގެ މިލްކުވެރިކަން ޒިފްލީނާގެ ނަންފުޅު މައްޗަށް ބަދަލުކުރެއްވުމަށް ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި އެޗްޑީސީން ބުނެފައިވަނީ އެ އެޕާޓުމެންޓުގެ އަގަށްވާ ފައިސާ ޒިފްލީނާ ދައްކަވައި ހަލާސްކުރައްވާފައިވާ ކަމަށެވެ.

އެ އެޕާޓުމެންޓުގެ އަގެއްކަމަަށް އެޗްޑީސީން އެ ގަޒިއްޔާގައި ބުނެފައިވަނީ 3،463،647.92 ރ. (ތިން މިލިއަން ފަސްލައްކަ ފަސްދޮޅަސްތިންހާސް ހަސަތޭކަ ސާޅީސް ހަތަރު ރުފިޔާ ނުވަދިހަ ލާރި) އެވެ.

އެ ފުލެޓުގެ އަގަށްވާ ފައިސާ ޒިފްލީނާ ދައްކަވާފައިވާތީ ސިވިލް ކޯޓުންވަނީ އެ އެޕާޓުމެންޓު އެޗްޑީސީގެ މިލްކުވެރިކަމުން ވަކިކޮށް ޒިފްލީނާގެ މިލްކުވެރިކަމަށް ބަދަލުކޮށްދީފަ އެވެ.

ނިމުނު ސަރުކާރުގައި ޖެންޑާ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ކަމުގައި ޒިފްލީނާ ހުންނަވައި، ޝާހިދާ ކާވެނި ބައްލަވައިގެންނެވިކަމުގެ އަޑުތައް ފެތުރުނީ އދގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމުގައި އެމެރިކާގައި ޝާހިދު ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި ދުވަސްވަރު އެވެ.

އަދި އެ ދުވަސްވަރު ދުބާއީގައި ޝާހިދާއި ޒިފްލީނާ ގައިގޯޅިކޮށް ނަންގަވާފައިވާ ބައެއް ފޮޓޯތައް މީޑިއާއިން ލީކުކޮށްފައިވެ އެވެ. ބުރުގާ ތުރުކުރައްވާ ޒިފްލީނާ ބުރުގާ ތުރުނުކުރައްވައި ނަންގަވާފައިވާ އެ ފޮޓޯތަކާ ގުޅިގެން ދެ ބޭފުޅުންނަށް އާންމުންގެ ފާޑުކިޔުން އަމާޒުވި އެވެ.