ބޭންކް އޮފް މޯލްޑިވްސްގެ އޮފިޝަލަކު ފަތިސް ނޫހަށް މައުލޫމާތު ދެއްވި ގޮތުގައި2018 އިން ފެށިގެން ގޮސް2023 ގެ ނިޔަލަށް ޝާހިދުވަނީ ބޭންކް އޮފް މޯލްޑިވްސްގައި ހުރި ޝާހިދުގެ ޑޮލަރު އެކައުންޓަށް200 މިލިއަނަށްވުރެ ގިނަ ޑޮލަރު ޖަމާކޮށްފައެވެ.
އެހެންނަމަވެސް ވެރިކަން ނިމުމާއި އެކު އެ ފައިސާގެތެރެއިން ބޮޑުބައެއް ވިތްޑްރޯކޮށްފައިވާކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ.
”މިއީ ކިހިނެއް ހޯދި ފައިސާއެއް ކަމެއް ނޭނގޭ“ ބޭންކުގެ އޮފިޝަލް ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން ”ފަތިސް“ ނޫހުން ޝާހިދާއި ސުވާލުކުރުމުން ޝާހިދު އެއްވެސް ޖަވާބެއް ނުދެއްވައެވެ.