ރައީސް ޑރ. މުއިއްޒުގެ އޭއައި ޕްރޭންކް ކޯލެއްގައި ޖެހި ފިޔާޒާއި އަދަދު ނޫސް އަވަދިވީ ތަ!

Picture of މުޙައްމަދު ޢަލީ

މުޙައްމަދު ޢަލީ

މިއަދުގެ ދުނިޔޭގައި ޕްރޭންކް ކޯލްތަކަކީ އާ ކަމެއް ނޫނެވެ. އާއްމް ކަމެކެވެ. ތިބާގެ ނަމްބަރުން ތިބާގެ އަޑުން ކޮންމެ މީހަކަށް ވެސް ފޯނުގެ ޒަރީޔާއިން ވާހަކަ ދެއްކިދާނެ އެވެ.

އޭއައި ސްފްޓްވެއަރއެއްގެ އެހީގައި ތިބާގެ އަޑު ބޭނުން ގޮތަކަށް ބަދަލުކޮށް ހިތްއެދޭ އަޑަކުން ވާހަކަ ދެއްކިދާނެ އެވެ. އަދި ބޭނުން ނަމްބަރަކުން ބޭނުން ނަމްބަރަކަށް ގުޅާވެސް ލެވިދާނެ އެވެ. މިއީ މިއަދު ޓެކްނޮލޮޖީގެ ދުނިޔޭގައި އާއްމް ކަމެކެވެ.

އިންސާނާގެ ބުރުސޫރަ ނޭނގޭ ވަރަށް އޭއައި ވީޑިޔޯ އުފައްދައި ދައުރު ކުރަމުންދާއިރު ވަކި މީހެއްގެ އަޑުން ވާހަކަދައްކައި ވަކި ނަމްބަރަކުން ގުޅުމަކީ ނުހަނު ފަސޭހަ ކަމެކެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ޕްރޭންކް ކޯލަކުން އަދަދު ނޫހުގެ ސީއީއޯ ފިޔާޒަށް ގުޅައިފި ޔޯ ލަ އެވެ. މިރޯދަމަހު ރޯދަ ވިއްލުމުގެ ކުރިން ފިޔާޒަށް ލިބުނު ކަމަށް ބުނާ މި ޕްރޭންކް ފޯނު ކޯލުގައި ޑރ. މުއިއްޒުގެ އަޑުން ފިޔާޒަށް އިންޒާރު ދެއްވައިފި ޔޯ ލައެވެ. އަޖައިބެއް ފަދަ އެވެ.

އެމްޑީޕީ ވެރިކަމުގައި އިންފޮމޭސަން ކޮމިޝަނަރުގެ މަގާމަށް ރައީސް އިބޫ އައްޔަން ކުރެއްވި ފިޔާޒަކީ އެމްޑީޕީ އެކްޓިވިސްޓެއް ނޫންނަމަވެސް އެމްޑީޕީގެ ސިޔާސީ ވެރިއެކެވެ. އެމްޑީޕީ މުޒާހަރާގެ ބައިވެރިއެއް ކަމުގައި ނުވި ނަމަވެސް މުޒާހަރާތަކަށް ގޮސް އުޅޭ ފިޔާޒު ދައްކަވާ މިފަދަ ވާހަކައަކަށް މާބޮޑު ސަމާލުކަމެއް ދޭން ރައްޔިތުން ބޭނުންނުވަނީ ވެސް މިސަބަބަށްޓަކައެވެ.

އޭއައި ޕްރޭންކް ކޯލަކުން ފިޔާޒަށް އިންޒާރު ދެއްވިކަމަށް ބުނާ އިރު, އެކޯލާއި ބެހޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ހާމަކޮށްފައެއްނުވެ އެވެ. ކޯލް ފޯނަށް އައީ ޖީއެސްއެމުން ތޯ! ނުވަތަ ވަޓްސްއެޕް ވައިބަރ ފަދަ އެޕްލިކޭސަނަކުންތޯ ވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ސިޔާސީ ހަލަބޮލި ކަމުގައި ސިޔާސި ފަރާތްތަކުން ރައްޔިތުންގެ ލޮލުގައި އަދުން އަޅުވައި ވާ ވައްދާލުމަށް ކޮށްފައިނުކުރާނެ ކަމެއް ހަމަ ނޯންނާނެ އެވެ.