ޕީއެންއެފްއިން ބޭއްވި ބައްދަލުވުމެއްގައި މަލީހް ވަނީ ރައީސް ޑރ. މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަބަލުންނާއި ގުޅުވައިގެން ހުތުރު ވާހަކަތަކެއް ދައްކާފައެވެ.
މިކަމަށް ރައްދު ދެއްވައި މެންބަރު އަޒީޒް އެކސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޔާސީ ގޮތުން ފާޑު ކިޔުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށާއި ނަމަވެސް އެފަދަ ހުތުރު ވާހަކަ ތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.
“މި ފެންވަރަށް މަލީހް ކަހަލަ ދޮން ރިހަ ބޭފުޅުން ވެއްޓުނީމައި އަދި ބޮނޑިބަތެއް ނުކެއްކޭނެ.” އާޒިމް ވިދާޅުވެފައިވެއެވެ.
އާޒިމް އިތުރަށް ވިދާޅުވީ ވެރިކަމަކީ އަދި “އެ އުޅޭ ފާޑުން” ލިބޭނެ ކަމެއްވެސް ނޫންކަމަށާއި އެއީ ﷲ ތައާލާ ދެއްވާ އެއްޗެއްކަން މަލީހްއަށް ނޭނގުމަކީ ރައީސް ޑރ.މުއިއްޒުގެ އަބުރު ކަތިލަންޖެހޭ ކަމެއް ނޫންކަމަށެވެ.