އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަންހެނަކާއެކު ބަދުއަޚުލާގީ އަމަލު ހިންގި ކަމަށް ބުނެ, “ހަސަން ކުރުސީ“ ގެ ނަމުގައި ހަދާފައިވާ އެކްސް އެކައުންޓުން މިރޭ އާންމުކުރީ ފޭކް ވީޑިއޯތަކެއްކަން ހާމަވެއްޖެއެވެ.
މީގެ 12 އަހަރު ކުރީގައި މެލޭޝިޔާގައި ހިނގި ކަމެއް ކަމަށް ބުނެ “ހަސަން ކުރުސީ“ އާންމުކުރި ވީޑިއޯއިން ފެންނަނީ ޑރ. ޝަހީމެއް ނޫނެވެ.
އެ ވީޑިއޯއިން ފެންނަނީ ޕާކިސްތާނުގެ ފިރިހެނަކާއި އަންހެނަކު ބަދުއަޚުލާގީ އަމަލު ހިންގާ މަންޒަރެވެ.
ފަހަކަށް އައިސް ތަފާތު އެކި މައްސަލަތަކުގައި ވަޒީރު ޑރ. ޝަހީމަށް އަންނަނީ ފާޑުކިޔުން އަމާޒުވަމުންނެވެ. ނަމަވެސް ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ވިދާޅުވަނީ ޑރ. ޝަހީމާ ގުޅުވައި ހަގީގަތާ ޚިލާފު ދޮގު ވާހަކަތައް ފަތުރަމުން ދަނީ އެމަނިކުފާނުގެ ޝަޚުސިއްޔަތު ކިލަނބު ކުރަން ކަމަށެވެ.